Advertisement
ކ. މާލެ
|
8 ޖެނުއަރީ 2019 | އަންގާރަ 01:24
ޕީއެންސީއަށް ސޮއިކޮށް، ސައީދުގެ ފޯމް ހަވާލުކުރަނީ
ޕީއެންސީއަށް ސޮއިކޮށް، ސައީދުގެ ފޯމް ހަވާލުކުރަނީ
ޓްވިޓަރ
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)
ސައީދާއި ޝަރީފު ވެސް ޕީއެންސީއަށް
ދެ ބެފުޅުންވެސް ވަނީ ޕީޕީއެމްގެ މެމްބަރުންކަމުން ވަކިވެފަައި

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ އިސް ސަފުގައި މަސައްކަތް ކުރައްވާ ބޭފުޅުންތައް، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)އަށް ސޮއި ކުރައްވައިފިއެވެ.

ޕީއެންސީއަކީ، ޕީޕީއެމްގެ ރައީސްގެ މަޤާމުގައި ހުންނެވި އަބްދުﷲ ޔާމީން އުފެއްދުމަށް މަސައްކަތްކުރަމުން އަންނަ ޕާޓީއެކެވެ. ޕާޓީ އުފެއްދުމަށް އިލެކްޝަންސް ކޮމިޝަނަށް ފޯމް ހުށަހެޅުއްވީ ރައީސް ޔާމީންގެ ފަރާތުން، ޕީޕީއެމްގެ ނައިބް ރައީސްކަމުގައި ކުރިން ހުންނެވި ފުނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ އެވެ. 

އަބްދުއްރަހީމް ވިދާޅުވީ ޕީޕީއެމްގެ ނައިބް ލީޑަރުގެ މަޤާމަށް ސެޕްޓެމްބަރު މަހު ބޭއްވި އެ ޕާޓީގެ ކުއްލި ކޮންގްރެސްގެ މަޤާމުން އައްޔަނުކުރި، ކުރީގެ އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު، ކޮންގްރެސް ޕާޓީ ނުވަތަ ޕީއެންސީއަށް ސޮއިކޮށްފައިވާ ކަމަށެވެ. އަދި ކުރީގެ ޑިފެންސް މިނިސްޓަރ އާދަމް ޝަރީފު އުމަރު ވެސް ޕީއެސްސީއަށް ސޮއި ކުރައްވާފައިވާ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި ކުރިއަށް އޮތް ހަފްތާގެ ތެރޭގައި، ޕީޕީއެމްގެ އިސް ސަފުގައި ހަރަކާތްތެރިވާ އެހެން ބޭފުޅުން ވެސް ކޮންގްރެސް ޕާޓީއަށް ސޮއިކުރައްވާނެއެވެ. އަދި ރައީސް އަބްދުﷲ ޔާމީން ވެސް ވަރަށް އަވަހަށް ޕީޕީއެމުން ވަކިވެވަޑައިގަންނަވާނެއެވެ.

ޕީއެންސީއަށް 3000 މެމްބަރުން ހަމަކޮށްފައިވާއިރު، އޭގެތެރެއިން ގިނަ މެމްބަރުންނަކީ ވެސް ޕީޕީއެމްގެ އާންމު މެމްބަރުންނެވެ. ނަމަވެސް މިހާތަނަށް 3000 މެމްބަރުންނެއް ހަމަކޮށް، އެ ފޯމްތައް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައެއް ނުވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް