Advertisement
ކ. މާލެ
|
7 ޖެނުއަރީ 2019 | ހޯމަ 15:43
ގަލޮޅު މޯޗަރީ - މިންގަނޑުތައް އެކުލަވާލައިފައިވަނީ އެޗްއާރުސީއެމުން
ގަލޮޅު މޯޗަރީ - މިންގަނޑުތައް އެކުލަވާލައިފައިވަނީ އެޗްއާރުސީއެމުން
ގޫގުލް
އެޗްއާރުސީއެމް
ޕޯސްޓްމޯޓަމް ހަދާއިރު އަމަލުކުރާނެ މިންގަނޑުތަކެއް އެކުލަވާލައިފި
މިއީ ޕޯސްޓްމޯޓަމް ނުވަތަ އޯޓޮޕްސީ ޓެސްޓް ހެދުމުގައި އަމަލުކުރާނެ ގޮތުގެ މިންގަނޑުތަކެއް

ޕޯސްޓްމޯޓަމް ހެދުމުގައި އަމަލުކުރާނެގޮތުގެ މިންގަނޑުތަކެއް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އިން އާންމުކޮށްފި އެވެ.

 

އެޗްއާރްސީއެމުން ބުނީ، އެ މިންގަނޑުތައް އެކުލަވާލުމުގެ މަގްސަދަކީ ރާއްޖޭގެ ގާނޫނުއަސާސީގައި ކޮންމެ މީހަކަށް ލިބިދީފައިވާ ދިރިހުރުމުގެ ހައްގާއި، އަމިއްލަ މިނިވަންކަމާއި، ނަފްސު ރައްކާތެރިކުރުމުގެ ހައްގު ހިމާޔަތްކުރުމަށް ޝައްކު އުފެދޭ ހާލަތްތަކުގައި މަރުވާ މީހުންނާއި ކުޑަކުދިންގެ މަރުގެ ހަގީގަތް ހޯދުމަށެވެ.

 

އެޗްއާރުސީއެމުން ހޯމަ ދުވަހު ބުނީ، މި މިންގަނޑުތަކުގެ މަގްސަދަކީ، އިންސާފު ހޯދުމަށް މަގުފަހިކޮށްދިނުމާއި ރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކާބެހޭ މުއާހަދާތަކުން ރައްކާތެރިކޮށްފައިވާ ދިރިހުރުމުގެ ހައްގާއި، އެކަށީގެންވާ ބަދަލެއް ހޯދުމުގެ ހައްގުން ރައްކާތެރިކުރުމުގެ އިތުރުން އެހައްގުތައް ރައްކާތެރިކުރުމަށް ދައުލަތުން އެއްބަސްވެފައިވާ ޒިންމާތައް އަދާކުރުމަށް ބާރުއެޅުން ކަމަށެވެ. މީގެ އިތުރުން ދައުލަތުގެ ބެލުމުގެ ދަށުގައި ހުއްޓާ ނުވަތަ އެނޫންވެސް ހާލަތެއްގައި ޝައްކު އުފެދޭފަދަ ގޮތަކަށް މަރުވާ މީހުންނާއި ކުޑަކުދިންގެ މަރުގެ ހަގީގަތް ދެނެގަތުން ކަމަށެވެ.

 

ޕޯސްޓްމޯޓަމް ނުވަތަ އޯޓޮޕްސީ ޓެސްޓް ހެދުމުގައި އަމަލުކުރާނެ ގޮތުގެ މިންގަނޑުތަކެއް ނުވަތަ ގައިޑްލައިންއެއް އެކުލަވާލުމާއި ޕޯސްޓްމޯޓަމް ނުވަތަ އޯޓޮޕްސީ ޓެސްޓްތައް ހެދުމުގައި ނިޔާވެފައިވާ ފަރާތުގެ އާއިލާއަށާއި ކަމާބެހޭ ދައުލަތުގެ މުއައްސަސާތަކަށް މައުލޫމާތުދިނުމުގައި އަމަލުކުރާނެގޮތުގެ ގައިޑްލައިންއެއްވެސް އެ ކޮމިޝަނުން ވަނީ އެކުލަވާލާފައެވެ. އަދި ޝައްކު އުފެދޭ މަރުތަކާއި ގަތުލުތަކުގައި ނިޔާވާ މީހުންނާއި ކުޑަކުދިންގެ މައްސަލަތަކުގައި އަދުލު އިންސާފު ހޯދުމަށް ގާނޫނީގޮތުން ހެކީގެ ގޮތުގައި ހުށަހެޅުމަށް ބޭނުންވާ މެޑިކަލް ޓެސްޓްތައް ހެދުމަށް ދިމާވާ ދަތިތައް ހައްލުކުރުމަކީވެސް ގައިޑްލައިން އެކުލަވާލުމުގެ މަގްސަދުތަކުގެ ތެރޭގައި ހިމެނޭ ކަންކަން ކަމަށްވެސް އެޗްއާރްސީއެމުން ބުނެއެވެ.

 

އެޗްއާރްސީއެމުން ބުނީ، ގައިޑްލައިންގެ މަގްސަދުތައް ހާސިލުކުރުމަށް ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އެ ފަރާތްތަކުގެ މަސައްކަތްތަކުގައި އެ ގައިޑްލައިންއަށް ރިއާޔަތްކުރެއްވުމަށާއި ގައިޑްލައިންގެ މަގްސަދުތައް ހާސިލުކުރުމަށް ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އެކުލަވާލުމަށް ބާރުއަޅާފައިވާ ގަވާއިދުތަކާއި އުސޫލުތައް އަވަހަކަށް އެކުލަވާލަންޖެހޭ ކަމަށެވެ. އެ ގައިޑްލައިން އެކަށީގެންވާގޮތެއްގައި ތަންފީޒުކުރެވި ދިރިހުރުމުގެ ހައްގާއި އަދުލްއިންސާފު ލިބުމުގެ ހައްގު ރައްކާތެރިކުރުމަށް އާންމު ފަރުދުންނާއި އަމިއްލަ ޖަމިއްޔާތަކުން މި ގައިޑްލައިންއަށް ފަރިތަވާންޖެހޭ ކަމަށްވެސް އެޗްއާރްސީއެމުން ބުންޏެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް