Advertisement
ކ. މާލެ
|
7 ޖެނުއަރީ 2019 | ހޯމަ 16:27
ނައްތާލުމަށްޓަކައި ފުލުހުންގެެ ބެލުމުގެ ދަށުގައި ހުރި މަސްތުވާތަކެތި
ނައްތާލުމަށްޓަކައި ފުލުހުންގެެ ބެލުމުގެ ދަށުގައި ހުރި މަސްތުވާތަކެތި
ޕޮލިސް
މަސްތުވާތަކެތީގެ މައްސަލަ
މިދިޔަ އަހަރު އަތުލައިގަތް މަސްތުވާތަކެތީގެ ނިސްބަތް 2017 އަށް ވުރެ %232 އިތުރު: ކަސްޓަމްސް
83 މައްސަލަ އަތުލައިގެންފައިވާއިރު އެތަކެތީގެ ބަރުދަނަކީ 32 ކިލޯ އަތުލައިގަނެފައިވޭ

ނިމިދިޔަ އަހަރު އަތުލައިގަތް މަސްތުވާތަކެތީގެ ނިސްބަތް 2017 ވަނަ އަހަރާއި އަޅާބަލާ އިރު %232) އިތުރުވެފައިވާ ކަމަށް ކަސްޓަމްސް އިން ބުނެފިއެވެ.

ކަސްޓަމްސް އިން ބުނީ ނިމިދިޔަ އަހަރު 83 މައްސަލައެއްގައި މަސްތުވާއަތުލައިގެންފައިވާއިރު އެތަކެތީގެ ބަރުދަނަކީ 32 ކިލޯއެވެ. މިއީ 1 ޖެނުއަރީ 2018 އިން 31 ޑިސެންބަރު 2018 އަށް ކަސްޓަމްސް އިން ކުރިއަށް ގެންދިޔަ ތަފާތު އެކި އޮޕަރޭޝަންތަކުގައި އަތުލައިގެންފައިވާ މަސްތުވާތަކެތި ކަމަށެވެ. އެ ގޮތުން ވައިގެ މަގުން 11 މައްސަލަ އާއި، ޕޯސްޓްގެ ޒަރިއްޔާ އިން 68 މައްސަލަ، އެއަރ ކާގޯ މަގުން ތިން މައްސަލަ އަދި ކަނޑުމަގުން އެއް ފަހަރެއްގެ މަތީން މަސްތުވާތަކެތި އަތުލެވިފައިވާ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.   

ނިމިދިޔަ އަހަރުގެ ތެރޭގައި އަތުލެވުނު މަސްތުވާތަކެތީގެ ބާވަތްތަކާއި އަތުލެވުނު ބާވަތްތަކުގެ ޖުމްލަ ބަރުދަނުގެ ގޮތުގައި ކެނަބިސްގެ 17165.78 ގްރާމް، ކޮކެއިންގެ 563 ގްރާމް، ހެރޮއިންގެ 10840.69 ގްރާމް، ނިއު ސައިކޯއެކްޓިވް ސަބްސްޓެންސް 664.26 ގްރާމް، ސައިކޯޓްރޮޕިކް ޑްރަގްސް 3383.70 ގްރާމް ހިމެނެއެވެ.

އަދި 2017 ވަނަ އަހަރު މަސްތުވާތަކެތީގެ 25 މައްސަލަ އަތުލައިގެންފައިވާއިރު އެތަކެތީގެ ބަރުދަނަކީ 24 ކިލޯއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް