Advertisement
ކ. މާލެ
|
7 ޖެނުއަރީ 2019 | ހޯމަ 15:11
ލަކުޑިބުރި ވެއްޓުނު ސައިޓް
ލަކުޑިބުރި ވެއްޓުނު ސައިޓް
މުހައްމަދު ޝަރުހާން
ލަކުޑިބުރިންޖެހުން
އިމާރާތަކުން ވެއްޓުނު ލަކުޑި ބުރިއަކުން ޖެހި މީހަކު ޒަހަމްވެއްޖެ
ލަކުޑި ބުރި ވެއްޓުނު ވަގުތު އެސައިޓްގައި މީހަކު ފެންނާކަށް ނެތް
ލަކުޑިބުރިން ބޮލުގައި ޖެހި ދޮޅު އިންޗިއަށް ބޯ ފަޅައިގެން ދިޔަ
ލަކުޑިބުރި ވެއްޓިފައި ވަނީ މ. މަޑުވިލުގައި ހަދަމުންދާ އިމަރާތަކުން

ކޮންސްޓްރަކްޝަން ސައިޓަކުން ވެއްޓުނު ލަކުޑިބުރިއަކުން ޖެހި މީހަކު ޒަހަމްވެއްޖެއެވެ

ކޮންސްޓްރަކްޝަން ސައިޓުން ވެއްޓުނު ލަކުޑިބުރިން ޖެހި ޒަހަމްވެފައިވަނީ ގދ ތިނަދޫ އަށް ނިސްބަތްވާ އަހުމަދު މުހައްމަދެވެ. އޭނާގެ އާއިލާގެ ފަރާތުން ވާހަކަ ދެއްކި އިބްރާހިމް މުހައްމަދު ބުނީ ލަކުޑިބުރިން ބޮލުގައި ޖެހި ދޮޅު އިންޗިއަށް އަހުމަދުގެ ބޯ ފަޅައިގެން ދިޔަ ކަމަށާއި އަދި އެވަގުތު އޭނާ ހޭނެތުނު ކަމަށެވެ.

އިބްރާހިމް ބުނީ ލަކުޑިބުރި ވެއްޓުނު ވަގުތު އެސައިޓްގައި މީހަކު ފެންނަން ނެތް ކަމަށާއި އެއީ އެތަނުގައި މަސައްކަތްނުކުރާ ވަގުތެއް ކަމަށެވެ. އަދި އެސައިޓްގައި މަސްކަތްކުރާ ބޯޑު ޖަހާފައި ނެތް ކަމަށާއި އިމާރާތް ވަށައިގެން ފެންސު ޖަހާފައި އޮތްއިރު އެއްކޮށް ކަވަރު ނުވާ ތަންތަން ހުރިކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

ލަކުޑިބުރި ވެއްޓިފައި ވަނީ މ. މަޑުވިލުގައި ހަދަމުންދާ އިމަރާތުގެ މަތިން ކަމަށް މައުލޫމާތު ލިބިފައި ވެއެވެ.

މި ހާދިސާ ހިނގާފައި މި ވަނީ އިމާރާތްކުރަމުން ދިޔަ ތަނަކުން ވެއްޓުނު ސިމެންތި ބަސްތާއަކުން ޖެހި މިދިޔަ މަހުގެ ތެރޭގައި ކުޑަކުއްޖަކު މަރުވެފައި ވަނިކޮށެވެ. އަދި އެ ހަދިސާއާ ގުޅިގެން މިފަދަ ތަންތަން އިންސްޕެކްޓްކޮށް އުސޫލުތައް ވަރުގަދަކޮށް މޮނިޓަކުރުން އިތުރުކޮށްފައިވާ ދަނޑިވަޅެއްގައެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް