Advertisement
ކ. މާލެ
|
7 ޖެނުއަރީ 2019 | ހޯމަ 13:17
މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަން ކުރެއްވި ރާއިދު
މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަން ކުރެއްވި ރާއިދު
މުހައްމަދު ޝަރުހާން
މަޤާމުތަކަށް ބޭފުޅުން އައްޔަން ކުރުން
އެމްއައިޓީޑީސީގެ މެނޭޖިން ޑިރެކްޓަރަކަށް ރާއިދު އައްޔަންކޮށްފި
އެމްއައިޓީޑީސީއަކީ އިންޓަގްރޭޓެޑް ޓުއަރިޒަމް މަޝްރޫއުތައް ހިންގާ ކުންފުޏެއް

މޯލްޑިވްސް އިންޓެގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ބޭފުޅަކު އައްޔަންކުރައްވައިފިއެވެ.

ހޯމަ ދުވަހު އެ މަގާމަށް އައްޔަން ކުރައްވާފައި ވަނީ ހ. ސްވޯޑް މުހައްމަދު ރާއިދެވެ. 

އެމްއައިޓީޑީސީއަކީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި އިންޓަގްރޭޓެޑް ޓުއަރިޒަމް މަޝްރޫއުތައް ހިންގާ ކުރިއެރުވުމަށް އުފެއްދެވި ކުންފުންޏެކެވެ.

ކުންފުނިތަކުގެ ބޯޑަށް ބޭފުޅުން އައްޔަން ކުރައްވަނީ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑުންނެވެ. ކުންފުނިތަކުގެ ބޯޑަށް އައްޔަން ކުރައްވާނެ ބޭފުޅުންގެ ނަންތައް ބޯޑަށް ފޮނުއްވާނީ ރައީސުލްޖުމްހޫރިއްޔާއެވެ.

މީގެ އިތުރުން، ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރޭޓައިޒޭޝަން ބޯޑުން ވަނީ އާދިއްތަ ދުވަހު ޕީއެސްއެމްގެ ބޯޑަށާއި، ފެނަކަ އަދި މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ އިތުރުން މޯލްޑިވް ގޭސްގެ ބޯޑަށް ވެސް މެމްބަރުން އައްޔަންކުރައްވައިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް