Advertisement
ކ. މާލެ
|
7 ޖެނުއަރީ 2019 | ހޯމަ 12:13
ވާރޭ ވެހި މަގެއް ފެން ބޮޑުވެފައި
ވާރޭ ވެހި މަގެއް ފެން ބޮޑުވެފައި
ރާއްޖެއެމްވީ
މޫސުން ގޯސްވުން
ކުރިއަށް އޮތް 24 ގަޑިއިރު އެންމެ ދެކުނުގެ އަތޮޅުތަކަށް ވިއްސާރަ ކުރާނެ: މެޓް އޮފީސް
ވިލާގަނޑުގައި އެންމެދެކުނުގެ އަތޮޅުތަކަށް ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވުން އެކަށީގެންވޭ

ކުރިއަށް އޮތް 24 ގަޑިއިރު އެންމެ ދެކުނުގެ އަތޮޅުތަކަށް ވިއްސާރަ ކުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ. 

މެޓް އޮފީހުން ބުނީ މިއަދު ހެނދުނު 10:00 އިން މާދަމާ ހެނދުނު 10:00 އަށް އެންމެދެކުނުގެ އަތޮޅުތަކަށް ވިއްސާރަކުރާކޮށް، ގުގުރުންވެސް އެކަށީގެންވާ ކަމަށެވެ. އެހެންހިސާބުތަކުގެ މޫސުން އާއްމު ގޮތެއްގައި ރަނގަޅުވާނެ ކަމަށް މެޓް އޮފީހުން މައުލޫމާތުދެއެވެ.

މެޓް އޮފީހުން ބުނީ އިރުއުތުރާއި އިރުން، މެދުތެރޭގެ އަތޮޅު ތަކަށް ގަޑިއަކު 10 މޭލާއި 20 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި، އެހެންހިސާބުތަކަށް ގަޑިއަކު 05 މޭލާއި 13 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ.

މީގެ އިތުރުން މެޓް އޮފީހުން ބުނީ ވިލާގަނޑުގައި އެންމެދެކުނުގެ އަތޮޅުތަކަށް ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށެވެ. 

މެޓް އޮފީހުން ބުނީ މެދުތެރޭ އަތޮޅު ތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ އަދި އެހެންހިސާބުތަކުގެ ކަނޑުތަކަށް އާދައިގެވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ލީވާން އަލީ
- ކޮމެންޓް