Advertisement
ކ. މާލެ
|
6 ޖެނުއަރީ 2019 | އާދީއްތަ 23:47
ރައީސް އިންޑިއާ އަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން
ރައީސް އިންޑިއާ އަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން
ރައީސް އޮފީސް
ރައީސް ސޯލިހު
ރައީސް ސޯލިހު އެނބުރި ރާއްޖެ ވަޑައިގެންފި
އެނބުރި ވަޑައިގެންނެވީ މިރޭގެ ވަގުތެއްގައި

ސްރީލަންކާއަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރާއްޖެ ވަޑައިގެންފިއެވެ. 

ރައީސް ސޯލިހް ރާއްޖެ ވަޑައިގެންފައިވަނީ އާދިއްތަަ ދުވަހުގެރޭ (މިރޭ) އެވެ.

ރައީސްގެ މި ދަތުރުފުޅަކީ ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ސްރީލަންކާއަށް އެމަނިކުފާނު ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ. ނަމަވެސް އިންތިހާބު ކާމިޔާބުކުރެއްވުމަށްފަހު ހުވާކުރެއްވުމުގެ ކުރިން ރައީސް ވަނީ ލަންކާ އަށް ވަޑައިގެންފައެވެ.

ވެރިކަމާ ހަވާލުވެ ވަޑައިގަތުމަށް ފަހު ރާއްޖެއިން ބޭރަށް ކުރެއްވި ރަސްމީ ފުތަރަމަ ދަތުރުފުޅު ކުރައްވާފައި ވަނީ އަވަށްޓެރި އިންޑިއާއަށެވެ. އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެމަނިކުފާނު އިންޑިއާއަށް ވަޑައިގެންފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ 16 ވަނަ ދުވަހުއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް