Advertisement
ކ. މާލެ
|
7 ޖެނުއަރީ 2019 | ހޯމަ 08:24
އަހްމަދު އަދީބް
އަހްމަދު އަދީބް
ޓްވިޓަރ
އަހްމަދު އަދީބް
އަދީބު ޖަލަށް ގެންގޮސްފައި ވަނީ ކުރީގެ ލިޔުމަކަށް ރިއާޔަތްކޮށް: އެމްޓީޑީ
އަދީބުގެ ހާލު ވަރަށް ސީރިޔަސް

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަނބުރާ ޖަލަށް ގެންގޮސްފައިވަނީ ކުރީގެ ލިޔުމަކަށް ރިއާޔަތްކޮށް ކަމަށް އެ މަނިކުފާނު ނިސްބަތްވާ ޕާޓީ، އެމްޓީޑީން ބުނެފި އެވެ. 

އެމްޓީޑީގެ ނައިބް ރައީސް، އަދި ވެލިދޫ ދާއިރާގެ މެމްބަރު ޔާމީން ރަޝީދު ވިދާޅުވީ އަދީބާމެދު މި ސަރުކާރުން އަމަލު ކުރަމުން ދަނީ ނާއިންސާފުން ކަމަށެވެ. އަދީބުއާބެހޭ ގޮތުން ހޯމް މިނިސްޓަރު ޝެއިޚް އިމްރާން އަބްދުﷲ ކުރެއްވި ޓްވީޓަށް އިޝާރާތްކުރައްވައި ޔާމީން ވިދާޅުވީ އަދީބު ގެއަށް ބަންދު ކުރިއިރު ޑޮކްޓަރު ދެއްވާފައިވާ ލިޔުމަށް ހޯމް މިނިސްޓްރީން އަމަލު ކޮށްފައިނުވާ ކަމަށެވެ. މިހާރު އެ މިނިސްޓްރީން ރިއާޔަތް ކުރާ ލިޔުމަކީ މާ ކުރީގެ ލިޔުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

 ''އެ ލިޔުމަކީ ޑިސްޗާޖް ކުރިއިރު ޑޮކްޓަރު ދެއްވާފައިވާ ލިޔުމެއް. އެ ލިޔުން ކަރެކްޝަނަލް ސާވީސްގެގައި އޮންނާނެ. އެ ލިޔުން ހޯމް މިނިސްޓްރީގައި އޮންނާނެ. އެލިޔުމުގައި ވަރަށް ސާފުކޮށް ހަ ހަފްތާ އާއި އަށް ހަފަތާއާ ދެމެދުގެ މުއްދަތަކަށް ގޭގަ ބެހެއްޓުމަށް ޑޮކްޓަރުން އިރުޝަދު ދެއްވާފަވޭ،'' ޔާމީން ވިދާޅުވިއެވެ.

ޖަލަށް އަނބުރާ ގެންދިއުމަށް ފަހު، އައީޖީއެމްއެޗަށް ގެނެސް އެޑްމިޓްކޮށްގެން ފަރުވާ ދޭން ފަށާފައިވާއިރު އޭނާގެ ހާލު ވަރަށް ސީރިއަސް ކަމަށް ޔާމީން ވަނީ ފާހަގަ ކޮށްފައެވެ. އެ މަނިކުފާނު ހޮސްޕިޓަލަށް ގެނެސްގެން ފަރުވާދެމުން ދާއިރު ހާލު ވަރަށް ސީރިއަށް ކަމަށާއި ވަރަށް ގަދައަށް ހުން އައިސް، ހޮޑުލެވި އަދި ކުޑަކަމުދާއިރު ލޭ އަންނަ ކަމަށް ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ އެހެން ބަލިތަކުގެ ތަކުލީފު އަދީބު އުފުއްލަވަމުންދާ ކަމަށާއި، ކެންސަރަށް ޓެސްޓްކުރުމަށް އާއިލާއިން ބޭނުންވާ ކަމަށެވެ.  

ސިޔާސީ އެހެނިހެން ކުށްވެރިން ދޫކުރި ފަދައިން އަދީބުވެސް ދޫކޮށް އިންސާފުވެރި ޝަރީއަތެއް ހިންގަން ޖެހޭނެ ކަމަށް ޔާމީން ވިދާޅުވިއެވެ. އަދީބު ސިއްހީ ހަލާތާއި މެދު ހޯމް މިނިސްޓްރީގެ އިތުރުން ކަރެކްޝަނަލް ސާވިސްއިން ވެސް އިހްމާލު ވެފައިވާ ކަމަށާއި ޑޮކްޓަރުގެ އިރުޝާދާ ޚިލާފަށް ކަންތައް ކުރަމުން ގެންދާ ކަމަށް އޭނާ ވިދާޅުވި އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް