Advertisement
ކ. މާލެ
|
6 ޖެނުއަރީ 2019 | އާދީއްތަ 15:06
ނެޝަނަލް ރިފޯމް ޕާޓީ އުފެއްދުމުގެ ލިޔުން ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
ނެޝަނަލް ރިފޯމް ޕާޓީ އުފެއްދުމުގެ ލިޔުން ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
ޓްވިޓަރ
އިލެކްޝަން ކޮމިޝަން
ނެޝަނަލް ރީފޯމް ޕާޓީ އުފެއްދުމަށް ހުއްދަދީފި
ޕާޓީ އުފެއްދުމުގެ ހުއްދަ ދީފައިވަނީ އާދިއްތަ ދުވަހު

"ނެޝަނަލް ރީފޯމް ޕާޓީ" ގެ ނަމުގައި ޕާޓީއެއް ހެދުމަށް އިލެކްޝަންސް ކޮމިޝަނުން ހުއްދަ ދީފިއެވެ.

އާދިއްތަ ދުވަހު އީސީން ކޮށްފައިވާ ޓްވީޓްގައި ވަނީ "ނެޝަނަލް ރީފޯމް ޕާޓީ" ގެ ނަމުގައި ޕާޓީއެއް އުފެއްދުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ކުރުމުގެ ހުއްދަ އެ ކޮމިޝަނުން ދީފައިވާ ކަމަށެވެ.

ނެޝަނަލް ރިފޯމް ޕާޓީ އުފެއްދުމަށް އީސީން ހުއްދަ ދީފައިވާއިރު އެ ޕާޓީގެ ފަރާތުން ލިޔުމާ ހަވާލުވެވަޑައިގެންނެވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވި މުޙައްމަދު ދީދީއެވެ. ކުރިން އަދާލަތު ޕާޓީގައި ހުންނެވުމަށް ފަހު ފަހުން ޕީޕީއެމް އަށް ބަދަލުވެވަޑައިގެން ރައީސް ޔާމީންގެ ރިޔާސީ ކެމްޕެއިންގައި ވެސް ދީދީ އުޅުއްވިއެވެ. 

މީގެ އިތުރުން އީސީން ކޮށްފައިވާ އެހެން ޓްވީޓެއްގައި ވަނީ "ކަރިޝްމާ ޕާޓީ މޯލްޑިވްސް" ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދައަށް އެދި ހުށަހެޅި ހުށަހެޅުން އެ ފަރާތުން އަނބުރާ ގެންގޮސްފައިވާ ކަމަށެވެ.

މި ދުވަސްވަރު ގިނަ ޕާޓީތަކެއް އުފެއްދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އޭގެ ތެރޭގައި ކުރީގެ ރައީސް ޔާމީން އިސްކޮށް ހުންނަވައިގެން އުފައްދަވާ ޕީޕްލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ހިމެނެއެވެ. ރާއްޖޭގައި މިހާރު ވެސް ހަތް ޕާޓީއެއް އެބަ އޮތެވެ. އެއީ ޕީޕީއެމް އާއި އެމްޑީޕީ، ޖުމްހޫރީ ޕާޓީ، އެމްޑީއޭ، އަދާލަތު ޕާޓީ، ޑީއާރުޕީ އަދި ދާދި ފަހުން ރަޖިސްޓްރީކުރީ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ އެމްޓީޑީ އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް