Advertisement
ކ. މާލެ
|
6 ޖެނުއަރީ 2019 | އާދީއްތަ 14:11
ހަސަން ޒިޔާއު އަދި މޫސާ ވަސީމް
ހަސަން ޒިޔާއު އަދި މޫސާ ވަސީމް
މުހައްމަދު ޝަރުހާން
ވަޒީފާއަށް އައްޔަނުކުރުން
މޯލްޑިވިއަންގެ ޕީއާރަށް މޫސާ ވަސީމް، މަޖިލީހުގެ މީޑީއާ ޑިރެކްޓަރަށް ހަސަން ޒިޔާ
މޫސަ އާއި ޒިޔާ ވަނީ ގިނަ ދުވަސްތަކެއް ވަންދެން ޓީވީއެމްގައި ހިދުމަތްކޮށްފައި

ގައުމީ އެއާރލައިން މޯލްޑިވިއަންގެ ޕަބްލިކް ރިލޭޝަންސް އެންޑް ކޮމިއުނިކޭޝަންސް މެނޭޖަރަކަށް މޫސާ ވަސީމް އަދި ރައްޔިތުންގެ މަޖިލީހުގެ މީޑިއާ އެންޑް ކޮމިއުނިކޭޝަންސް ޑިރެކްޓަރަކަށް ހަސަން ޒިޔާއު ހަމަޖައްސައިފިއެވެ.

މޯލްޑިވިއަން އިން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ މޫސާ ވަސީމް އެމަގާމަށް އައްޔަނުކޮށްފައި ވަނީ އާދިއްތަ ދުވަހުގައި ކަމަށެވެ.

ރާއްޖޭގެ ގިނަ ބައެއްގެ މަގުބޫލްކަން ހޯދައިފައިވާ ޓީވީ ޕްރެޒެންޓަރ މޫސާ ވަސީމް ވަނީ ޓީވީއެމްގައި ވަޒީފާ އަދާކުރުމުގެ އިތުރުން ރާއްޖޭގައި އެންމެން މަގުބޫލް އެއް ރިއަލިޓީޝޯ މޯލްޑިވިއަން އައިޑޮލް ޖެހިޖެހިގެން 3 އަހަރު ހުށަހަޅައިދީފައެވެ.  މޫސަ ވަނީ ޓިވީއެމްގައި 13 އަހަރު ވަޒީފާ އަދާކޮށްފައެވެ. މޫސައަކީ މީޑިއާ ދާއިރާ އިން ފުރަތަމަ ޑިގްރީ ހާސިލްކޮށްފައެވެ.

ސޯޝަލް މީޑިއާގައި ހަސަން ޒިޔާއު ބުނެފައި ވަނީ 13 އަހަރަށް ފަހު ޕީއެސްއެމް އިން އިސްތިއުފާ ދީފައިވާ ކަމަށާއި މިހާރު ވަޒީފާ އަދާކުރަމުން ދަނީ ރައްޔިތުންގެ މަޖިލީހުގައި ކަމަށެވެ. ޒިޔާ ވަނީ ނިއު ދިއްލީގެ ސައުތު އޭޝިއަން ޔުނިވާސިޓީ އިން މާސްޓާސް އޮފް އާޓްސް އިން އިންޓަނޭޝަނަލް ރިލޭޝަންސް ހާސިލްކޮށްފައެވެ. 

 

 

 

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
6 ޖެނުއަރީ 2019 | އާދީއްތަ 14:20
ސެމް
ވަސީމް ކިތައްމެވެ ވަރަކަށް ޕީއާރ ޖައްސަން އުޅުނަސް ޓިކެޓް އަގުހެޔޮވިކަމަކަށް ނުވާނެ. ޤަބޫލެއްވެސް ނުކުރާނަން. ހޫން
6 ޖެނުއަރީ 2019 | އާދީއްތަ 14:19
ހުދާ
އަހަރެންފެ ފޭވަރިޓް ޕްރެޒެންޓަރުން.. ދެރަ ޓީވީން ފުނެންނާނެތީ . މަރުޚަބާ
6 ޖެނުއަރީ 2019 | އާދީއްތަ 14:11
ހާމް
ތިތަނުން ޒިޔާ އަކީ ތިކަމަށް ޤާބިލް ބޭފުޅެއް. އެކަން އިގޭ ސިޔާސީ ނޫން މަޤާމަކަށް ދާން ނިންމި ނިންމުމުންވެސް. އައިއޭސްގެ ޕީއާރ މެނޭޖަރަކީ ސިޔާސީ މަޤާމެއް. ދެ ބޭފުޅުންނަށްވެސް މަރުޚަބާ . ކުރިއެރުމަށް އެދެން . ހ