Advertisement
ކ. މާލެ
|
6 ޖެނުއަރީ 2019 | އާދީއްތަ 13:21
ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ
ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ
ރާއްޖެ އެމްވީ
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)
3000 އަށް ވުރެ ގިނަ މެމްބަރުންގެ ފޯމް ހޯމަ ދުވަހު އީސީއަށް ހުށަހަޅާނަން: އަދުރޭ
ލަސްވެފައި ވަނީ ފޯމްތަކުގައި މައްސަލަ ހުރުމުން

ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައިގެން ހުފައްދަވާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން 3000 އަށް ވުރެ ގިނަ ފޯރމް ހޯމަ ދުވަހު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން އަދުރޭ ވިދާޅުވީ ފޯމް ހުށަހެޅުން ލަސްވެފައި ވަނީ ރަށްރަށުން ގެނައި ފޯމްތަކުގައި ކުދި ކުދި މައްސަލަ ހުރުމުން ކަމަށާއި ފޯމްތަކުގައި ފުރިހަމަ ކުރަންޖެހޭ މައުލޫމަތުތައް ފުރިހަމަތޯ ބެލުމަށް ކަމަށެވެ. އަދުރޭ އިތުރަށް ވިދާޅުވީ ފޯމް ހަމަނުވާ ކަމަށް ދެކެވޭ ވާހަކަތަކަކީ ވާދަވެރި ފަރާތްތަކުން ފަތުރަމުންދާ ސައްހަ ނޫން މައުލޫމާތެއް ކަމަށެވެ.

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ނަމުގައި އުފައްދަން މަސައްކަތްކުރާ ޕާޓީ އުފެއްދުމުގެ ހުއްދަ ލިބުނުތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި 3000 މެމްބަރުން އެ ޕާޓީއަށް ސޮއިކޮށްފައިވާ ކަމަށް އަބްދުއްރަހީމް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

ގާނޫނުގައިވާ ގޮތަށް، އެ ޕާޓީއަށް ސައްހަ 3،000 މެމްބަރުން ހަމަކުރުމުން، ޖަލްސާ ބޭއްވުމުގެ ހުއްދަ ލިބޭނެއެވެ. އަދި މިކަން ކުރުމަށް 3ތިން މަސްދުވަހުގެ ވަގުތެއް ލިބެއެވެ. އާ ޕާޓީއެއް އުފެއްދުމަށް މިހާރު ޕީޕީއެމްގެ ލީޑަރޝިޕްގައި ތިއްބެވި ބޭފުޅުން އެހާ ބޮޑަށް މަސަތްކަތް ކޮށްފައިނުވާ ކަަމަށާއި އެކްޓިވިސްޓުންގެ މަސަތްކަތުން 8000 ފޯމް ހަމަކުރެވިފައިވާ ކަމަށް ޕާޓީގެ ހަރަކާތްތަކުގައި އިސްކޮށް އުޅުއްވާ ފަރާތަކުން ވަނީ ބުނެފައެވެ. ފުރަތަމަ 3000 އަށް ވުރެ ގިނަ ފޯމް ހުށަހެޅުމަށް ފަހު ބާކީ ފޯމްތައް ހުށަހާޅާނެ ދުވަހެއް އަދި ކަނޑައާޅާފައެއް ނުވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް