Advertisement
ކ. މާލެ
|
6 ޖެނުއަރީ 2019 | އާދީއްތަ 12:54
އިބްރާހިމް ހިލްމީ އަދި މަރިޔަމް ވަހީދާ
އިބްރާހިމް ހިލްމީ އަދި މަރިޔަމް ވަހީދާ
މުހައްމަދު ޝަރުހާން
ޕީއެސްއެމް
ޕީއެސްއެމްގެ ޗެއާރމަންއަކަށް އިބްރާހިމް، ބޯޑް މެމްބަރަކަށް މަރިޔަމް ވަހީދާ
އެ ދެބޭފުޅުންވެސް މަގާމަށް އައްޔަނުކޮށްފައިވަނީ އާދިއްތަ ދުވަހު

ޕަބްލިކް ސާވިސް މީޑީއާ (ޕީއެސްއެމްގެ) ބޯޑުގެ ޗެއާރމަންއަކަށް އެ ކުންފުނީގެ ބޯޑްގައި ކުރިން ވެސް އުޅުއްވި އިބްރާހީމް ހިލްމީ ހަމަޖައްސަވައިފި އެވެ. އަދި ބޯޑް މެމްބަރަކަށް މަޝްހޫރު ޕްރެޒެންޓަރު މަރިޔަމް ވަހީދާ ހަމަޖައްސަވައިފިއެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑުން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ އެ ދެބޭފުޅުންވެސް މަގާމަށް އައްޔަނުކޮށްފައިވަނީ އާދިއްތަ ދުވަހުގައި ކަމަށެވެ.

އިބްރާހިމް ހިލްމީއަކީ ޕީއެސްއެމްގެ ފުރަތަމަ ބޯޑުގައި ހިމެނިވަޑައިގެން އޭރުގެ ބޯޑުގެ ވައިސް ޗެއާމަންކަން ކުރައްވާފައިވާ ބޭފުޅެކެވެ. މިހާރު ގައުމީ ޔުނިވަރސިޓީގެ ލެކްޗަރާއަކަށް އުޅުއްވާ މަރިޔަމް ވަހީދާ، ގިނަ އަހަރުތަކެއް ވަންދެން ޓީވީއެމްގައި އެކި ޝޯތަކާއި ޕްރޮގްރާމްތައް ހުށަހަޅައި ދެއްވި އެވެ. އަދި ރައީސް ނަޝީދުގެ ވެރިކަމުގައި ޓީވީއެމް އާއި ދިވެހިރާއްޖޭގެ އަޑު ހިންގި މޯލްޑިވިސް ނޭޝަނަލް ބްރޯޑްކާސްޓިންގް ކޮމިޝަނުގެ ބޯޑް މެމްބަރުކަންވެސް އޭނާ ކުރައްވާފައިވެ އެވެ. 

ޕީއެސްއެމްގެ މިހާރު ހިމެނިވަޑައިގަންނަވަނީ ޗެއާމަން އިބްރާހިމް ހިލްމީ، ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަލީ ހާލިދު، ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ޝަމީމް އަދި ބޯޑް މެމްބަރު މަރިޔަމް ވަހީދާއެވެ

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް