Advertisement
ކ. މާލެ
|
6 ޖެނުއަރީ 2019 | އާދީއްތަ 21:16
މުހައްމަދު ޝަރުހާން
އިލެކްޓްރޯނިކް ޑިވައިސްތަކުގެ ސަބަބުން ކުޑަކުދިންގެ ސިއްހަތަށް ގެއްލުމެންނުވޭ
މި ދިރާސާ ކޮށްފައިވަނީ 18 އަހަރުން ދަށުގެ ކުދިން ބައިވެރިކޮށްގެން
ނިދުމުގެ ކުރިން އިލެކްޓްރޯނިކްސް ޑިވައިސްތަށް ބޭނުން ކުރުމުން ނިދުމަށް އޭގެ ނޭދެވޭ އަސަރުކުރޭ

ކުޑަކުދިން އިލެކްޓްރޯނިކްސް ޑިވައިސްތަށް ބޭނުން ކުރުމުން އެކުދިންގެ ސިއްހަތަށް ނޭދެވޭ  އަސަރު ނުކުރާކަމަށް އިނގިރޭސި ވިލާތުގެ ޔުނިވާސިޓީއެއް ކަމަށްވާ ކޮލެޖް ލަންޑަންއާއި ރޯޔަލް ކޮލެޖް އޮފް ޕެޑިއާ  ޓްރީކްސް އެންޑް ޗައިލްޑް ހެލްތު (އާރުސީޕީސީއެޗް) އިން ކުރި ދިރާސާ އަކުން ދައްކައިފިއެވެ.

18 އަހަރުން ދަށުގެ ކުދިން ބައިވެރިކޮށްގެން ކޮލެޖް ލަންޑަންއާއި ރޯޔަލް ކޮލެޖް އޮފް ޕެޑިއާ  ޓްރީކްސް އެންޑް ޗައިލްޑް ހެލްތުގެ ޕްރެޒިޑެންޓް ޕްރޮފެސަރ ރުސެލް ވިނަރ  ގުޅިގެން ކުރި ދިރާސާއިން ދައްކާ ގޮތުން އިލެކްޓްރޯނިކް ޑިވައިސްތަށް ބޭނުން ކުރުމުން ކުޑަކުދިންގެ ސިއްހަތަށް ނޭދެވޭ އަސަރެއް ކުރާނެ ކަމަކަށް ނުދަށްކައެވެ.

އޭގެ ބަދަލްގައި ނިދުމުގެ ކުރިން އައިޕެޑް މޯބައިލްފޯނު ނުވަތަ ޓީވީ ބެލުމުން  ނިދުމަށް އޭގެ ނޭދެވޭ އަސަރު ކުރާކަމަށް މިދިރާސާއިން ދައްކައެވެ. ސަބަބެއްކަމަށް ދިރާސާއިން ދައްކަނީ ގިނަ އިލެކްޓްރޯނިކްސް ޑިވައިސްތަކުގައި ނައިޓް މޯޑް އިނަސް އެ އެދެވޭގޮތުގައި މަސައްކަތް ނުކުރުމެވެ.

މިދިރާސާގައި ބޮޑަށް ބަލާފައިވަނީ ޓީވީ ބަލާ ވަގުތާއި މޯބައިލް ފޯނާއި ކޮމްޕިއުޓަރ ބޭނުން ކުރާ ނިސްބަތަށެވެ.

ހެލްތު ޕްރޮފެސަރެއް ކަމުގައިވާ މެކްސްނޭވީ ވިދާޅުވާގޮތުގައި މި  ފަދަ ތަކެތި ބޭނުން ކުރުމަކީ ކުޑަކުދިން ހެދިބޮޑުވެ އެކުދިންގެ ސިކުނޑި ތަރަށްގީވުމަށް ހުޅުވިގެންދާ ދޮރެއްކަމަށް ވިދާޅުވެފައި ވެއެވެ.

ދިރާސާގައި ބުނެފައިވާ ގޮތުން ބެލެނިވެރިން ވިސްނަންވީ ކުޑަކުދިން މިފަދަ ތަކެތި ބޭނުން ކުރުން ހުއްޓުވުމަކައްނޫނެވެ. އޭގެ ބަދަލުގައި އެކުދިން މި ތެތި ބޭނުން ކުރުމުގައި ވަކި އުސޫލް ތަކެއް ކަނޑައަޅާ ހަރުދަނާ ގޮތެއްގައި މިކަން ބެލެހެއްޓުމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް