Advertisement
ކ. މާލެ
|
6 ޖެނުއަރީ 2019 | އާދީއްތަ 09:52
ފިނިފެންމާ ލޯންޗްގައި އެއްޗެއް ގޮވުމާ ގުޅިގެން، ރައީސް ޔާމީންގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމް ދީދީ ޒަހަމްވެފައިވާތީ ސްޓްރެޗަރގައި ލޯންޗުން ބަލާނީ
ފިނިފެންމާ ލޯންޗްގައި އެއްޗެއް ގޮވުމާ ގުޅިގެން، ރައީސް ޔާމީންގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމް ދީދީ ޒަހަމްވެފައިވާތީ ސްޓްރެޗަރގައި ލޯންޗުން ބަލާނީ
މުހައްމަދު ޝަރުހާން
ފިނިފެންމާ ލޯންޗް ގޮވުން
ފިނިފެންމާ ލޯންޗު ގޮވުން: އަލުން ތަހުގީގުކުރަން ޕީޖީއާ އަދި މަޝްވަރާއެއް ނުކުރޭ!
ޕީޖީ ލަފާ ދެއްވައިފި ނަމަ އަލުން މައްސަލަ ތަހްގީގުކުރާނެ

ފިނިފެންމާ ލޯންޗްގައި އެއްޗެއް ގޮވި ތަހްގީގު އަލުން ފެށުމަށް އަދި މަޝްވަރާ ނުކުރައްވާ ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް އައިޝަތު ބިޝާމް ވިދާޅުވެއްޖެ އެވެ. 

ފިނިފެންމާ ލޯންޗްގައި އެއްޗެއް ގޮވި ހާދިސާއާ ގުޅޭ ދެ ވީޑިއޯއެއް މިހާރު ދައުރުވަމުންދާތީ އެ މައްސަލަ އަލުން ތަހްގީގުކުރުމާމެދު ޕީޖީގެ ލަފާ ހޯދައްވާނެ ކަމަށް ހަމީދު މިދިޔަ ހަފުތާގައި ވަނީ ވިދާޅުވެފައި އެވެ. ހަމީދު ވިދާޅުވެފައިވަނީ ޕްރޮސެކިއުޓަރ ޖެނެރަލް އެމައްސަލަ ތަހުގީގު ކުރުމަށް އިރުޝާދު ދެއްވައިފިނަމަ، އެމައްސަލަ އަލުން ތަހުގީގު ކުރާނެ ކަމަށެވެ.  

ނަމަވެސް އެ މައްސަލައިގައި ފުލުހުންނާއި ޕީޖީއާ ދެމެދު އަދި އެއްވެސް މަޝްވަރާއެއްކޮށްފައެއް ނުވެ އެވެ.   

ފިނިފެންމާ ލޯންޗްކޮޅުގައި އެއްޗެއް ގޮވި ދުވަހުގެ އަސްލު ވީޑިއޯކަމަށް ބުނެ އަލިފާން ނުފެންނަ ވީޑިއޯއެއް ސަންގު ޓީވީން ވަނީ އާންމުކޮށްފަ އެވެ. ނަމަވެސް ރައީސް އޮފީހުން އެ ހާދިސާގެ ވީޑިއޯ އާންމުކުރިއިރު، ލޯންޗުން އެއްޗެއް ގޮވި ވަގުތު ވަރަށް ބޮޑަށް އަލިފާން ފެނެ އެވެ. 

މިމައްސަލައާ ގުޅޭ ގޮތުން ޑިސެންބަރު މަހުގެ 26 ވަނަ ދުވަހު ކުރީގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ ވިދާޅުވީ ލޯންޗްކޮޅުގައި އެއްޗެއް ގޮވި ނަމަވެސް އަލިފާނުގެ އެއްވެސް ނިޝާނެއް ފެނިފައި ނުވާ ކަމަށެވެ.

ފިނިފެންމާ ލޯންޗްކޮޅުގައި އެއްޗެއް ގޮވާފައިވަނީ ރައީސް ޔާމީންގެ ދެ ކަނބަލުން ހައްޖުގެ އަޅުކަން އަދާ ކުރެއްވުމަށްފަހު ސައުދީ އަރަބިއްޔާއިން އެނބުރި ވަޑައިގެން ލޯންޗްކޮޅުގައި މާލޭގެ އިއްޒުއްދީން ފާލަމާ ކައިރިކުރަނިކޮށް 2015 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް