Advertisement
ކ. މާލެ
|
6 ޖެނުއަރީ 2019 | އާދީއްތަ 07:40
ފަތުރުވެރިންތަކެއް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގައި
ފަތުރުވެރިންތަކެއް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގައި
ޓްވިޓަރ
ވީއައިއޭ
ތިން ގަޑިއިރު ކުރިން ޗެކިންވުމަށް ވީއައިއޭއިން އެދިއްޖެ
އަވަހަށް ޗެކިން ވުމަށް އެދިފައިވާ އެއަރޕޯޓް ބިޒީ ވުމުން
އާ އަަހަރުގެ ޗުއްޓީ ހޭދަކޮށްލުމަށް ގިނަ އަދަދެއްގެ ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައި

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) އިން ފުރާ ފަސިންޖަރުން ތިން ގަޑިއިރު ކުރިން ޗެކިން ވުމަށް ވީއައިއޭއިން އެދިއްޖެއެވެ.

ވީއައިއޭއިން ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ މި ދުވަސްވަރަކީ އެއަރޕޯޓް ވަރަށް ބިޒީ ދުވަސްވަރެއް ކަމަށާއި، ދަތުރުކުރައްވާ ފަރާތްތަކުން ވީހާވެސް އަވަހަށް ޗެކިންވުމަށް އެދޭ ކަމަށެވެ. އެގޮތުން އަވަހަށް ޗެކިން ވުމަށް އެދެނީ އެއަރޕޯޓް ބިޒީވުމުގެ ސަބަބުން ފްލައިޓް ލަސްވުމުގެ ފުރުސަތު އޮތުމުން ކަމަށްވެސް ވީއައިއޭއިން ވަނީ ބުނެފައެވެ.

އާ އަހަރުގެ ޗުއްޓީ ހޭދަކޮށްލުމުގެ ރާއްޖެއަށް ގިނަ އަދަދެއްގެ ފަތުރުވެރިން ވަނީ އައިސްފައެވެ. އެގޮތުން ރިކޯރޑް އަދަދަކަށް ވީއައިއޭގައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރުމަހުގެ ފަހު ހަފްތާގައި ޕްރައިވެޓް ޖެޓްވެސް ޖައްސާފައެވެ.

މީގެއިތުރުން އާ އަހަރާ ދިމާކޮށް ރާއްޖޭގެ ގިނަ ރިސޯޓްތަކުގެ އޮކިއުޕެންސީވަނީ 100 ޕަސެންޓް ފުލްވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ލީވާން އަލީ
- ކޮމެންޓް