Advertisement
ކ. މާލެ
|
6 ޖެނުއަރީ 2019 | އާދީއްތަ 07:33
ކުރީގެ ނާއިބް ރައީސް އަހްމަދު އަދީބް އައިޖީއެމް ހޮސްޕިޓަލުގައި
ކުރީގެ ނާއިބް ރައީސް އަހްމަދު އަދީބް އައިޖީއެމް ހޮސްޕިޓަލުގައި
ޓްވިޓަރ
އަހްމަދު އަދީބް
ހޮސްޕިޓަލްގައި އަދީބުގެ އަރިހު އަނބިކަބަލުންނަށް އިންނެވޭނެ:ކަރެކްޝަންސް
އާއިލާ މީހުންނަށް ވެސް އަދީބުގެ އަރިހަށް ޒިޔާރަތް ކުރެވޭނެ

އައިޖީއެމްއެޗްގައި އެޑްމިޓްކޮށްފައިވާ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ އަރިހުގައި އެ މަނިކުފާނުގެ އަނބިކަބަލުން މަރިޔަމް ނަޝްވާ އަށް ހުންނެވޭނެ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ބުނެފިއެވެ.

މިދިޔަ ބުދަ ދުވަހު އަދީބު ޖަލަށް ބަދަލުކޮށްފައި ވަނިކޮށް ސިއްހީ ހާލަތު ގޯސްވެގެން ހޮނިހިރު ދުވަހުގެ ރޭ އައިޖީއެމްއެޗްގައި ވަނީ އެޑްމިޓްކޮށްފަ އެވެ.

އެމެޖެންސީގައި އަދީބު ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ގެންދާއިރު، އަރިހުގައި އާއިލާގެ ބޭފުޅަކަށް ހުރުން މަނާކޮށްފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި އަޑުފެތުރިގެން ދިއުމާއެކު ކަރެކްޝަނަލް ސަރވިސް އިން ކުރި ޓްވީޓެއްގައި ބުނީ، އަދީބު ހޮސްޕިޓަލަށް ގެންދިއުމާ ގުޅިގެން ބައެއް ފަރާތްތަކުން ހަގީގަތާ ހިލާފު ވާހަކަ ފަތުރަމުންދާ ކަމަށެވެ.

 ކޮރެޝަނަލް ސާވިސްއިން އާންމުކޮށް އަމަލުކުރާ އުސޫލުގެ މަތިން އަދީބު އެޑިޓްމިޓް ކުރެވިފައިވާ ކޮޓަރީގައި، 24 ގަޑިއިރު އާއިލާގެ ފަރާތުން އެމަނިކުފާނުގެ އަނބިކަބަލުންނަށް ހުންނެވޭނެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށް އެ ސާވިސްއިން ބުނެ އެވެ. އަދި އާއިލާގެ މެމްބަރުންނަށް ވެސް އަދީބު އަރިހަށް ޒިޔާރަތްކުރުމުގެ އިންތިޒާމް ހަމަޖައްސައި ދީފައިވާ ކަމަށް ވެސް ކަރެކްޝަނަލް ސާވިސް އިން ބުނެ އެވެ. 

ކޮރަޕްޝަނާއި ހިޔާނާތުގެ ކުށް ސާބިތުވެ، 33 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވަނިކޮށް، ބޭސްފަރުވާ އަށް ގެއަށް ބަދަލުކޮށްފައި ހުންނެވި އަދީބު ފުލުހުންގެ އެހީތެރިކަމާއެކު، ކަރެކްޝަނުން ޖަލަށް ބަދަލު ކުރީ ބުދަ ދުވަހުގެ ރޭ 11:00 ޖަހަށް އުޅެނިކޮށެވެ.

ޖަލަށް ބަދަލުކުރުމާ ގުޅިގެން އެ މަނިކުފާނަށް ތާއިދުކުރާ ފަރާތްތަކުން ދަނީ ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ. 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
6 ޖެނުއަރީ 2019 | އާދީއްތަ 02:40
އިސްމާއިލް
ތީހުސް އެކްޓް؟ ތިގޮލާ ދޫކޮށްނުލާތި.....