Advertisement
ކ. މާލެ
|
6 ޖެނުއަރީ 2019 | އާދީއްތަ 07:23
ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދ(ކ)
ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދ(ކ)
ރާއްޖެއެމްވީ
ރައްުޔިތުންގެ މަޖިލިސް
މިހާރު އޮތް މަޖިލީހަށް ވީގޮތެއް އާ މަޖިލީހަކަށް ނުވާނެ:ޝާހިދު
18 ވަނަ މަޖިލީހަކީ އެމްޑީޕީއަށް ހިތްދަތިކަމާއި ކުރިމަތިލާން ޖެހުނު މަޖިލީހެއް

މިހާރު ހިނގަމުންދާ ރައްޔިތުންގެ މަޖިލީހަކީ ސިފައިން ގަދަބާރުން ހިންގި މަޖިލީހެއް ކަމަށާއި އެ މަޖިލީހަށް ވީގޮތެއް އަލަށް އިންތިޚާބުކުރާ މަޖިލީހަށް ވެގެން ނުދާނެ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ހެންވޭރު ދެކުނު ދާއިރާގެ އެމްޑީޕީ ޕްރައިމަރީގައި ވާދަކުރައްވާ ހުސައިން ޝަހީމް (އަނދުން ހުސޭން)ގެ ކެމްޕޭނު އިފްތިތާހުކުރުމުގެ ހަފްލާގައި، ހެންވޭރު އުތުރު ދާއިރާގެ ކުރީގެ މެމްބަރު ޝާހިދު އަދި 17 ވަނަ މަޖިލީހުގެ ރައީސް ޝާހިދު ވިދާޅުވީ މިހާރު ކުރިއަށްދާ މަޖިލީހަކީ އެމްޑީޕީއަށް ހިތްދަތިކަމާއި ކުރިމަތިލާން ޖެހުނު މަޖިލީހެއް ކަމަށެވެ.

މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ މަސީހުގެ ރިޔާސަތުގައި އެ މަޖިލީސް ހިންގެވި ގޮތަށް އިޝާރަތް ކުރައްވައި ޝާހިދު ވިދާޅުވީ، މަސީހުގެ ރިޔާސަތުގައި މަޖިލީސް ހިންގެވީ ސިފައިން ކަމަށާއި, މަސީހް އޮތީ މަޖިލިސް ހިސޯރު ކޮށްފައި ކަމަށެވެ.  

އަލަށް އިންތިހާބުކުރާ މަޖިލިސް މިހާރު ހިނގަމުންދާ މަޖިލީހަށް ވީ ގޮތަށް ނުވުމަށް އެމްޑީޕީން މަސައްކަތް ކުރާނެ ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ. 

''ނަޒާހަތްތެރިކަން ގެއްލިގެން ނުދިޔުން. ގޯނި ގޯނިގައި ފައިސާ އުފުލިޔަ ނުދިނުން. ވޯޓު ވިއްކިއަ ނުދިނުން. ޕާޓިން ވަކިވެގެން ނުދާނެ މީހުން އިންތިހާބު ކުރުން. މި ހުރިހާ ކަމަކުން އަޅުގަނޑުމެން އެބަޖެހޭ ފިލާވަޅު ލިބިގަނެގެން ނަވާރާ މަޖިލީހަކީ އެމަޖީލީހުގެ ކަރާމަތާއި އިއްޒަތާއި ގަދަރު ހިފެހެއްޓޭނެ މަޖިލީހަކަށް ހެދުން'' ޝާހިދު ވިދާޅުވިއެވެ.  

މި އަހަރުގެ އޭޕްރީލް 6 ގައި ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް އެމްޑީޕީން ވާދަކުރާނީ ހިތްވަރާއެކު ކަމަށާއި އެ މަޖިލީސް ވެގެންދާނީ ރައްޔިތުންގެ އަޑު އުފުލާ މަޖިލީހެއް ކަމަށެވެ. އެ އިންތިހާބު ބޮޑު ޢައުލާބިއްޔަތުން އެމްޑީޕީން ކާމިޔާބު ކުރާނެ ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.   

ހެންވޭރު ދެކުން ދާއިރާއަށް އެމްޑިޕީ ޕްރައިމަރީގައި ފަސް ބޭފުޅަކު ވާދަ ކުރެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް