Advertisement
ކ. މާލެ
|
5 ޖެނުއަރީ 2019 | ހޮނިހިރު 23:59
ކުރީގެ ރައީސް ޔާމީން
ކުރީގެ ރައީސް ޔާމީން
ގޫގުލް
ރައީސް ޔާމީން
ރައީސް ޔާމީން މާދަމާ ފުލުހަށް ހާޒިރު ކުރަނީ
ފުލުހަށް ހާޒިރުވާން އަންގާފައިވަނީ 13:30 ގައި

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އާދީއްތަ ދުވަހު ފުލުހަށް ހާޒިރު ކުރަން ފުލުހުން ޗިޓް ފޮނުވައިފިއެވެ. 

ފުލުހުން ތަހްގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ރައީސް ޔާމީން ފުލުހަށް ހާޒިރު ކުރަން ޗިޓް ފޮނުވާފައިވާނީ ހޮނިހިރު ދުވަހުގެ ރޭގެ ވަގުތެއްގައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ޔާމީން ފުލުހަށް ހާޒިރު ކުރަން އަންގާފައިވާނީ އަދީއްތަ ދުވަހުގެ މެންދުރު 13:30 ގައެވެ.

ރައީސް ޔާމީން ފުލުހަށް ހާޒިރު ކުރަން ޗިޓް ފޮނުވާފައިވާއިރު، މިދިޔަ މަހުގެ 14 ވަނަ ދުވަހު އެމަނިކުފާނު ވަނީ ފުލުހަށް ހާޒިރުކޮށް މައުލޫމާތު ނަގާފައެވެ. އެ ފަހަރު ޔާމީން ފުލުހަށް ހާޒިރު ކޮށްފައިވާނީ ވެރިކަމުގައި ހުންނަވައިގެން ޤާނޫނާއި ހިލާފަށް މާލީ މުއާމަލާތްތަކެއް ހިންގާފައިވާ ކަމަށް ތުހްމަތުކުރެވޭ މައްސަލަތަކެއްގެ ތަހްގީގަށް ކަމަށް ފުލުހުން މައުލޫމާތުދެއެވެ.  

ރައީސް ޔާމީން 13:30 ފުލުހަށް ހާޒިރުކުރާއިރު، 12:30 ގައި ވިހާވެސް ގިނަ ބަޔަކު ޕީޕީއެމްގެ އޮފީސް ދޮށަށް އެއްވާން އެޕާޓީން ވަނީ ގޮވާލާފައެވެ.   

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ލީވާން އަލީ
- ކޮމެންޓް