Advertisement
ކ. މާލެ
|
5 ޖެނުއަރީ 2019 | ހޮނިހިރު 19:51
ކުޜީގެ ނައިބް ރައީސް އަހުމަދު އަދީބް
ކުޜީގެ ނައިބް ރައީސް އަހުމަދު އަދީބް
ޓްވިޓަރ
ކުރީގެ ނާއިބު ރައީސް އަދީބް
އަދީބަށް އައިޖީއެމްޗް ގައި ފަރުވާދޭން ފަށައިފި
އަދީބް އައިޖީއެމްއެޗަށް ގެންދެވިފައިވަނީ ހޮނިހިރު ދުވަހުގެ ރޭ

ޖަލު ބަންދުގައި ހުންނެވި ކުރީގެ ނައިބް ރައީސް އަހުމަދު އަދީބަށް އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށައިފިއެވެ.

ރާއްޖެ އެމްވީއަށް މައުލޫމާތު ދެއްވަމުން އަދީބް ގެ އަނބިކަނަބަލުން މަރިޔަމް ނަޝްވާ ވިދާޅުވީ، ހޮނިހިރު ދުވަހުގެ ރޭ  އަދީބު ހޮސްޕިޓަލަށް ގެންދެވުނީ ކިހިނެތް ވެގެން ކަމެއް އެނގިވަޑައިނުގަންނަވާ ކަމަށާއި, އަދީބަށް އައިޖީޢެމް ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ދެމުންދާ ކަމަށެވެ.

ކޮރަޕްޝަނާއި ހިޔާނާތުގެ ކުށް ސާބިތުވެ، 33 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވަނިކޮށް، ބޭސްފަރުވާއަށް ގެއަށް ބަދަލުކޮށްފައި ހުންނެވި އަދީބު ފުލުހުންގެ އެހީތެރިކަމާއެކު، ކަރެކްޝަނުން އޭނާ ޖަލަށް ބަދަލު ކުރީ ބުދަ ދުވަހުގެ ރޭ 11:00 ޖަހަށް އުޅެނިކޮށެވެ.

އަދީބު ޖަލަށް ބަދަލުކޮށްފައި ވަނީ ފަރުވާއަށް 36 ދުވަސް ވަންދެން ގޭ ބަންދުގައި ބެހެއްޓުމަށްފަހުގައެވެ. އަދީބުގެ ސިއްހީ ހާލަތު ގޯސްވެގެން އޭނާ އެޑްމިޓްކޮށްގެން އައިޖީއެމްއެޗުގައި ފަރުވާ ދޭން ފެށީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ނުވަ ވަނަ ދުވަހުއެވެ. ކިޑްނީގައި ހިލަ އުފެދުމާ ގުޅިގެން އޮޕަރޭޝަން ކުރުމަށްފަހު، އޭނާ ގޭ ބަންދަށް ބަދަލު ކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 27 ވަނަ ދުވަހުއެވެ.

ގެއަށް ބަދަލު ކުރިތާ 30 ވަނައަށް ވީ ދުވަހު އޭނާ އިސްވެ ހުންނަވައިގެން، މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ) ނަމުގައި އުފެއްދި ސިޔާީ ޕާޓީ އިލެކްޝަންސް ކޮމިޝަން (އީސީ)ގައި ވަނީ ރަޖިސްޓްރީކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ލީވާން އަލީ
- ކޮމެންޓް