Advertisement
ކ. މާލެ
|
5 ޖެނުއަރީ 2019 | ހޮނިހިރު 13:06
ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުން
ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުން
ރައީސް އޮފީސް
ރައީސް ސޯލިހު
ނުރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރައީސް މާދަމާ ރޭ މާލެ ވަޑައިގަންނަވާނެ
މިއީ ވެރިކަމާ ހަވާލު ވަޑައިގަތުމަށް ފަހު ސްރީ ލަންކާއަށް އެމަނިކުފާނު ކުރެއްވި ފުރަތަމަ ދަތުރުފުޅު

ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިޙް ސްރީލަންކާ އަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މާދަމާރޭ ރާއްޖެ ވަޑައިގަންނަވާނެއެވެ.

ރައީސް ސްރީލަންކާއަށް ވަޑައިގެންފައި ވަނީ ފާއިތުވި ހަފްތާގެ ބުރާސްފަތިދުވަހުއެވެ.

ރައީސްގެ މި ދަތުރުފުޅަކީ ވެރިކަމާ ހަވާލު ވަޑައިގަތުމަށް ފަހު ސްރީ ލަންކާއަށް އެމަނިކުފާނު ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ. ނަމަވެސް އިންތިހާބު ކާމިޔާބުކުރެއްވުމަށް ފަހު ހުވާކުރެއްވުމުގެ ކުރިން ރައީސް ވަނީ ލަންކާ އަށް ވަޑައިގެންފައެވެ.

ވެރިކަމާ ހަވާލުވެ ވަޑައިގަތުމަށް ފަހު ރާއްޖެއިން ބޭރަށް ކުރެއްވި ރަސްމީ ފުތަރަމަ ދަތުރުފުޅު ކުރައްވާފައި ވަނީ އަވަށްޓެރި އިންޑިއާއަށެވެ.

އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެމަނިކުފާނު އިންޑިއާއަށް ވަޑައިގެންފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ 16 ވަނަ ދުވަހުއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް