Advertisement
ކ. މާލެ
|
5 ޖެނުއަރީ 2019 | ހޮނިހިރު 08:54
ކްރޫޒްލައިނަރ އެއް
ކްރޫޒްލައިނަރ އެއް
މުހައްމަދު ޝަރުހާން
ޓުއަރިޒަމް މިނިސްޓްރީ
ކްރޫޒްލައިނާތައް މާލެއާ ކައިރީގައި ބަނދަރުކުރެވޭ ގޮތަށް ހަމަޖައްސައިފި
މިހާރު ބަނދަރު ކުރެވެނީ 0.6 ނޯޓިކަލް މޭލު ބޭރުގައި
ކުރިން ބަނދަރު ކުރެވެނީ ދެ ނޯޓިކަލް މޭލު ބޭރުގައި

ރާއްޖެއަށް އަންނަ ކްރޫޒްލައިނާތައް ކުރިން ވެސް ބަނދަރުކުރި ގޮތަށް މާލެ ކައިރީގައި ބަނދަރުކުރެވޭ ގޮތަށް ޓުއަރިޒަމް މިނިސްޓްރީން ހަމަޖައްސައިފިއެވެ. އެ މިނިސްޓްރީން ހަމަޖައްސާފައި ވަނީ މާލެއާ 0.6 ނޯޓިކަލް މޭލުގައި ބަނދަރުކުރެވޭ ގޮތް ހެދުމަށެވެ.

ޓުއަރިޒަމް މިނިސްޓްރީން ބުނެފައި ވަނީ ކްރޫޒްލައިނަރ މާލެއާ ގާތްގަނޑަކަށް ދެ ނޮޓިކަލް މޭލު ދުރުގައި ބަނދަރުކުރަން ކުރިން އަންގާފައިވާ ކަމަށެވެ. އެ އުސޫލު ބަދަލު ކުރީ އޭގެ ސަބަބުން ފަތުރުވެރިން މާލެ ގެނައުމުގައި ބޮޑެތި ދަތިތަކާއި ކުރިމަތިލާންޖެހޭތީ، ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށް ކަމަށެވެ.

މިނިސްޓްރީން ބުނީ ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާ މަޝްވަރާކޮށް ކްރޫޒްލައިނާތައް ބަނދަރު ކުރުމަށް މާލެއާ 0.6 ނޮޓިކަލް މޭލު މިހާރު ހަމަޖައްސާފައިވާ ކަމަށެވެ.

ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ 100 ދުވަހުގެ ވައުދުގެ ތެރޭގައި ޓުއަރިޒަމް މިނިސްޓްރީން ކުރަން ކަނޑައަޅާފައިވާ ދެ ވައުދު ވެސް އެ މިނިސްޓްރީން ވަނީ 100 ދުވަހުގެ ތެރޭގައިކޮށް ނިންމާފައެވެ.

އެއީ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ކަނޑައަޅާފައިވާ ބަޖެޓް ތިންގުނަ ކުރުމާއި، ގެސްޓް ހައުސް ސިމްޕޯޒިއަމް ބޭއްވުމެވެ.

2019 ވަނަ އަހަރުގެ ބަޖެޓްގައިފަތުރުވެރިކަން އިޝްތިހާރުކުރުމަށް 154.2 މިލިޔަން ރުފިޔާ ކަނޑައަޅާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް