Advertisement
ކ. މާލެ
|
5 ޖެނުއަރީ 2019 | ހޮނިހިރު 08:07
އަލިފާނުގެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވޭ
އަލިފާނުގެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވޭ
ޓްވިޓަރ
ގިލި ލަންކަންފުށި
ގިލި ލަންކަންފުށި ބަންދު ކޮށްފި، މިއަހަރު ތެރޭ ހުޅުވާނެ: މެނޭޖްމެންޓް
އަލިފާން ހިފި ހަދިސާ ދަނީ ތަހުގީގު ކުރަމުން

މިދިޔަ ބުދަ ދުވަހުގެ ރޭ އަލިފާން ރޯވި ގިލި ލަންކަންފުށި ރިސޯޓް ބަންދުކޮށްފިއެވެ. ހުކުރު ދުވަހު އެ ރިސޯޓް ނެރުނު ބަޔާނުގައިވާ ގޮތުން އެ ރަށް ބަންދު ކުރަން ޖެހުނީ ލިބުނު ގެއްލުންތައް ބަލައި، ދިރާސާ ކުރުމަށާއި މަރާމާތު ކުރުމަށް ކަމަށެވެ.

ބުދަ ދުވަހުގެ ރޭ ގިލި ލަންކަންފުށީގައި ހިނގި އަލިފާނުގެ ހާދިސާގައި މޫދު ކޮޓަރިތަކާއި، ރެސްޓޯރެންޓްގެ އިތުރުން ސްޓޯރު ވަނީ އަދާފައެވެ.

ރިސޯޓް ހުޅުވާނެ ސިދާ ތާރީހެއް ބުނެފައި ނުވިޔަސް މި އަހަރު ތެރޭގައި ރިސޯޓް ހުޅުވާނެ ކަމަށް ބަޔާނުގައިވެއެވެ.

ރިސޯޓަށް މިހާރު ބުކިންގް ހަދާފައި ތިބި ފަރާތްތަކާއި އަދި ޓްރެވެލް އެޖެންޓުންނަށް ރިފަންޑު ނުވަތަ އެހެން ގޮތެއް ހޯދައިދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ރިސޯޓުން ބުނެއެވެ. އަލިފާން ނިއްވުމުގައި ހަރަކާތްތެރިވި އެމްއެންޑީއެފްގެ ފަޔާ ފައިޓިން ޓީމަށް ރިސޯޓުގެ ޖެނެރަލް މެނޭޖަރު ޑޭވިޑް ސްޓެޕެޓިކް ވަނީ ޝުކުރު އަދާކޮށްފައެވެ.

އަދިހަމަ އޭގެ އިތުރުން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ފަރާތުން ލިބުނު އެއްބާރުލުމަށް މެނޭޖްމެންޓުން ވަނީ ފާހަގަ ކޮށްފައެވެ. އަލިފާން ރޯވި ހަބަރު ލިބުމާއިއެކު ޓޫރިޒަމް މިނިސްޓަރު ވަނީ އެ ރިސޯޓަށް ވަޑައިގެން އެ ހާދިސާގެ މައުލޫމާތު އޮޅުން ފިލުވަފައެވެ.

އެ ހާދިސާ ދިމާވާން މެދުވެރިވި ސަބަބު ހޯދުމަށް އެމްއެންޑީއެފްއާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށް ރިސޯޓުން ބުނެއެވެ.

ރިސޯޓުގައި އަލިފާން ހިފާފައި ވަނީ ކަރަންޓް ޝޯޓެއްވުމުގެ ސަބަބުން ކަމަށް އެ ރަށުގެ ބައެއް މުވައްޒަފުން ވަނީ މީގެ ކުރިން ރާއްޖެ އެމްވީއަށް މައުލޫމާތުދީފައެވެ.

ޖުމްލަ 45 ރޫމް ހިމެނޭ ފަސްތަރީގެ ގިލި ލަންކަންފުށީގައި އަލިފާން އެންމެ ފުރަތަމަ ހިފާފައި ވަނީ އެ ރަށުގެ އެންމެ އަގު ބޮޑޫ ރޫމް ''ކްރޫޒޯ ރެޒިޑެންސް''ގައެވެ. އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައެއް ނުވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް