Advertisement
ކ. މާލެ
|
4 ޖެނުއަރީ 2019 | ހުކުރު 22:17
ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ހޯދަމުންދާ ދެ ކުދިން
ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ހޯދަމުންދާ ދެ ކުދިން
މޯލްޑިވްސް ޕޮލިސް ސާރވިސް
ފުލުހުން
ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ދެ ކުއްޖެއް ހޯދަނީ
ހޯދަމުން ދަނީ 17 އަހަރުގެ ދެ އަންހެން ކުދިން
ދެކުދިންނާ ބެހޭ މައުލޫމާތެއް ލިބިފައިވާނަމަ ހިއްސާކުރުމަށް ވަނީ އެދިފައި

މޯލްޑިވްސް ޕޮލިސް ސަރވިސް އިން ތަހުގީގު ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ދެ އަންހެން ކުދިން ހޯދުމަށް އިއުލާންކޮށްފިއެވެ.

ފުލުހުން ބުނީ މިދެކުދިން ހޯދަނީ ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ކަމަށެވެ. ނަމަވެސް، އެއީ ކޮން މައްސަލައެއްކަމެއް ފުލުހުން ހާމަކޮށްފައި ނުވެއެވެ.

މިމައްސަލައާ ގުޅިގެން ހޯދަމުންދަނީ ޏ. ފުވައްމުލައް/ދިގުވާޑް، ބަނަފްސާގެ، އުމުރުން 17 އަހަރުގެ ފާޠިމަތު ހަނާޒް އާއި ދަފްތަރު ނަންބަރު 2542، އުމުރުން 17 އަހަރުގެ ޝާދިޔާ އަންވަރެވެ.

މީގެ އިތުރުން ފުލުހުން ބުނީ މި ދެކުދިންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓްގެ ޑިއުޓީ ނަންބަރު 9790163 އަށް ގުޅައި، ޙިއްސާކުކުރުމަށް އެދޭ ކަމަށެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް