Advertisement
ކ. މާލެ
|
4 ޖެނުއަރީ 2019 | ހުކުރު 21:06
ކިނޮޅޮހުގެ ރައްޔިތުންތަކެއް
ކިނޮޅޮހުގެ ރައްޔިތުންތަކެއް
ރާއްޖެ އެމްވީ
ފެނާއި ނަރުދަމާ ނިޒާމް
ކިނޮޅޮހުގެ ފެނުގެ ހާލަތު ވަނީ ވަރަށް ބޮޑަށް ދަށްވެފައި: ކައުންސިލް
ފެނުގެ ވަހަށް އަދި ކުލައަށް ވަނީ ބަދަލު އައިސްފައި
ސިއްހަތަށް މިކަމުގެ ނޭދެވޭ އަސަރު ކުރާނެ
ފެނާއި ނަރުދަމާގެ ނިޒާމު ރައްޔިތުން ބޭނުންވޭ

ރ. ކިނޮޅޮހުގެ ވަޅުފެނުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށް އެރަށުގެ ކައުންސިލުން ބުނެފިއެވެ. 

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން އެރަށުގެ ކައުންސިލްގެ ރައީސް އަހުމަދު ހުސެއިން ވިދާޅުވީ ކިނޮޅޮހުގެ ވަޅު ފެނުގެ ހާލަތު އަހަރަކަށްވުރެ އަހަރެއް ދަނީ ގޯސްވަމުން ކަމަށާއި، ފެނުގެ ކުލައާ، ވަހަށް ވަރަށް ބޮޑަށް ބަދަލު އައިސްފައިވާ ކަމަށެވެ. އަދި ވާރޭ ނުވެހި ގިނަ ދުވަސްތަކެއް ފާއިތުވެގެން ގޮސްފިނަމަ ފެން ބޭނުން ކުރަން ކަމުނުދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ހުސެއިން ވިދާޅުވީ ކައުންސިލުން ކަމާބެހޭ މުއައްސަސާތަކާއި ގުޅިގެން ފެނުގެ ހާލަތު ބެލުމަށް މިފާއިތުވެގެން ދިޔަ ހަތަރު އަހަރު ސާރވޭއެއް ހެދި ކަމަށާއި، މިސާރވޭއިން ފެނުގެ ހާލަތު ގޯސްވަމުންދާ މިންވަރު އެނގޭ ކަމަށެވެ.  

ހުސެއިން ވިދާޅުވީ އެރަށުގެ ރީތިފެންފަށަލައަށް ބޮޑެތި ބަދަލުތަކެއް އަންނައިރު، އާންމުގެ ބޭނުންތަކަށް ވަޅުފެން ބޭނުން ކުރުމަކީ ސިއްހަތަށް ވެސް އެކަމުގެ ނޭދެވޭ އަސަރުކުރާނެ ކަމެއް ކަމަށާއި، މިމައްސަލައަށް އަވަސް ހައްލެއް ބޭނުންވާ ކަމަށެވެ. 

ފެނާއި ނަރުދަމާގެ ނިޒާމު އެރަށަށް އިންތިހާއަށް ބޭނުންވާކަން ފާހަގަކުރައްވައި ހުސެއިން ވިދާޅުވީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި 2015 ވަނަ އަހަރު ކުރީކޮޅު ފެށި ނަރުދަމާގެ މަޝްރޫއު 40 އިންސައްތަ މަސައްކަތް ކުރުމަށްފަހު، ޖުލައި މަސް ތެރޭގައި މަސައްކަތް ހުއްޓާލާފައިވާ ކަމަށެވެ. މިމަޝްރޫއު ހުއްޓާލި ސަބަބު ހޯދުމަށް ކުރި މަސައްކަތް ވެސް ކާމިޔާބު ނުވި ކަމަށް އޭނާ ވިދާޅުވިއެވެ. 

ހުސެއިން ވިދާޅުވީ ނަރުދަމާ މަޝްރޫއު ހުއްޓާލުމުން ރަށުގެ ރައްޔިތުން ކަންބޮޑުވުންފާޅު ކުރި ކަމަށާއި، އޭރުގެ ސަރުކާރުން އެއްބާރުލުންދީފައި ނުވާ ކަމަށެވެ. ނަމަވެސް އުންމީދު ކުރަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މިވެރިކަމުގައި ފެނާއި ނަރުދަމާގެ ނިޒާމު ވީއެންމެ އަވަހަކަށް ގާއިމް ވެގެން ދިއުން ކަމަށެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް