Advertisement
ކ. މާލެ
|
3 ޖެނުއަރީ 2019 | ބުރާސްފަތި 17:23
ރައީސުލް ޖުމަހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިޙް
ރައީސުލް ޖުމަހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިޙް
ރައީސް އޮފީސް
ރައީސް ސޯލިހު
ނުރަސްމީ ދަތުރުފުޅެއްގައި ރައީސް ސްރީލަންކާއަށް ވަޑައިގެންފި
ރައީސް ސްރީލަންކާއަށް ފުރާވަޑައިގެންފައި ވަނީ ބުރާސްފަތި ދުވަހު

ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިޙް ނުރަސްމީ ދަތުރުފުޅެއްގައި ސްރީލަންކާއަށް ފުރާވަޑައިގެންފިއެވެ.

 ރައީސް ސްރީލަންކާއަށް ފުރާވަޑައިގެންފައި ވަނީ ބުރާސްފަތި ދުވަހުއެވެ.

ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް ހޫދު ވިދާޅުވީ ރައީސް ސޯލިހު ސްރީލަންކާއަށް ކުރައްވާ ތިން ދުވަހުގެ މި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު އެނބުރި ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 6 ދުވަހު ކަމަށެވެ.

ރައީސްގެ މި ދަތުރުފުޅަކީ ވެރިކަމާ ހަވާލު ވަޑައިގަތުމަށް ފަހު ސްރީ ލަންކާއަށް އެމަނިކުފާނު ކުރައްވާ ފުތަރަމަ ދަތުރުފުޅެވެ. ނަމަވެސް އިންތިހާބު ކާމިޔާބުކުރެއްވުމަށް ފަހު ހުވާކުރެއްވުމުގެ ކުރިން ރައީސް ވަނީ ލަންކާ އަށް ވަޑައިގެންފައެވެ. 

ވެރިކަމާ ހަވާލުވެ ވަޑައިގަތުމަށް ފަހު ރާއްޖެއިން ބޭރަށް ކުރެއްވި ރަސްމީ ފުތަރަމަ ދަތުރުފުޅު ކުރައްވާފައި ވަނީ އަވަށްޓެރި އިންޑިއާއަށެވެ. 

އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެމަނިކުފާނު އިންޑިއާއަށް ވަޑައިގެންފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ 16 ވަނަ ދުވަހުއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް