Advertisement
ކ. މާލެ
|
3 ޖެނުއަރީ 2019 | ބުރާސްފަތި 16:24
މިނިސްޓަރު ޝާހިދު ޖަޕާނުގެ އާ ސަފީރު ކެއިކޯ އަނާއީއާ ބައްދަލުކުރައްވަނީ
މިނިސްޓަރު ޝާހިދު ޖަޕާނުގެ އާ ސަފީރު ކެއިކޯ އަނާއީއާ ބައްދަލުކުރައްވަނީ
ފޮރިން މިނިސްޓްރީ
ރާއްޖެ - ޖަޕާން
ޖަޕާނުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު މިނިސްޓަރު ޝާހިދުއާ ބައްދަލުކުރައްވައިފި
މި ބައްދަލުކުރެއްވުމުގެ ކުރިން ޔަނާއީ ވަނީ ރައީސް އޮފީހަށް ވަޑައިގެން، މަގާމުގެ ފަތްކޮޅު ރައީސް ސޯލިހަށް އަރުއްވާފައި

ޖަޕާނުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ކެއިކޯ ޔަނާއީ، ފޮރިން މިނިސްޓަރު ޝާހިދުއާ ބައްދަލުކުރައްވައިފިއެވެ.

ބުރާސްފަތި ދުވަހު ފޮރިން މިނިސްޓްރީގައި ޝާހިދުއާ ބައްދަލުކުރެއްވުމުގެ ކުރިން ޔަނާއީ ވަނީ ރައީސް އޮފީހަށް ވަޑައިގެން، މަގާމުގެ ފަތްކޮޅު ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް އަރުއްވާފައެވެ.

ފޮރިން މިނިސްޓްރީން ބުނީ ޔަނާއީއާ ބައްދަލުކުރައްވައި މިނިސްޓަރު ދެއްކެވި ވާހަކަފުޅުގައި ރާއްޖެ އާއި ޖަޕާނާ ދެމެދު އޮންނާ ގުޅުމުގެ ބިންގަލަކީ އެއް ގައުމު އަނެއް ގައުމާއި ބާއްވާ ގުޅުމުގެ ބަދަހިކަން ކަމަށް ފާހަގަކުރެއްވި ކަމަށެވެ. އަދި އެ ކަމަނާގެ ސަފީރުކަމުގެ ދައުރުގައި ކުރައްވާ މަސައްކަތްތަކުގައި، ދިވެހިރާއްޖޭގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމުގެ ޔަގީން ކަން އަރުއްވާ ކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެެވެ.

މި ބައްދަލުވުމުގައި މިނިސްޓަރުގެ އިތުރުން ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ޙަލީލާއި، އެސިސްޓަންޓް ޑިރެކްޓަރ ޒީނާ މުހައްމަދު ދީދީ ބައިވެރިވެޑައިގަތެވެ.

ޖަޕާނަކީ ޒަމާނުއްސުރެން ވެސް ރާއްޖެއަށް ގިނަ އެހީތަކެއް ވަމުން އަންނަ ގައުމުކެވެ. ހާއްސަކޮށް ޖަޕާނުގެ ހިލޭ އެހީގެ ދަށުން ލިބޭ ހަނޑުލާއި ހަކުރާއި ފުށާއި އަދި ސްކޫލްތައް އަޅަން ދީފައިވާ އެހީތައް ފާހަގަކޮށްލެވެއެވެ.

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް