Advertisement
ކ. މާލެ
|
3 ޖެނުއަރީ 2019 | ބުރާސްފަތި 14:44
މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒްގެ ނައިބުގެ މަޤާމަށް އައްޔަން ކުރެއްވި ޝާފިޢު އަލީ
މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒްގެ ނައިބުގެ މަޤާމަށް އައްޔަން ކުރެއްވި ޝާފިޢު އަލީ
ރައީސް އޮފީސް
އިސްލާމިކް މިނިސްޓްރީ
މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒްގެ ނައިބުގެ މަޤާމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފި
ޝާފިޢު އަކީ މީގެ ކުރިން ތައުލީމީ ދާއިރާގައި ޚިދުމަތްކުރައްވާފައިވާ ބޭފުޅެއް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒްގެ ނައިބުގެ މަޤާމަށް ބޭފުޅަކު ހަމަޖައްސައިފިއެވެ.

އިސްލާމިކް މިނިސްޓްރީގެ ނައިބުކަމުގެ މަގާމަށް އައްޔަން ކުރައްވާފައި ވަނީ ފުވައްމުލަކު ސިޓީ މާދަޑު. ނަޒާ،  އެވެ.

ޝާފިޢުއަކީ މީގެ ކުރިން ތައުލީމީ ދާއިރާގައި ޚިދުމަތްކުރައްވާފައިވާ ބޭފުޅެކެވެ. މިގޮތުން ޏ. އަތޮޅު ތައުލީމީ މަރުކަޒުގެ ސެކަންޑަރީ އަދި ހަޔަރ ސެކަންޑަރީ ޓީޗަރެއްގެ ގޮތުގައި ޝާފިޢު ޢަލީ މަސައްކަތް ކުރައްވާފައި ވެއެވެ. އަދި އެ މަރުކަޒުގެ ލީޑިންގ ޓީޗަރެއްގެ ގޮތުގައި ވެސް ޝާފިޢު ޢަލީ ވަނީ މަސައްކަތް ކުރައްވާފައެވެ. މީގެ އިތުރުން ފުވައްމުލަކު ސިޓީ، އައިޑިއަލް ސްކޫލްގެ ޕްރިންސިޕަލް ކަން ވެސް ޝާފިޢު ޢަލީ ކުރައްވާފައި ވެއެވެ.

ޝާފިޢު ޢަލީ ވަނީ މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީ އިން "ބެޗެލަރ އޮފް ޓީޗިންގ – ސެކަންޑަރީ" ހާސިލު ކުރައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް