ކ. މާލެ
|
3 ޖެނުއަރީ 2019 | ބުރާސްފަތި 09:00
އަންޑަމަން އެންޑް ނިކޮބާ އައިލެންޑްސްގެ މަތިން ނަގާފަައިވާ ފޮޓޮއެއް
އަންޑަމަން އެންޑް ނިކޮބާ އައިލެންޑްސްގެ މަތިން ނަގާފަައިވާ ފޮޓޮއެއް
ޖެޓްއެއަރޓުއަރސް.ކޮމް
ނަރެންދުރަ މޯދީ
އިނގިރޭސިންގެ އިސްތިއުމާރުގެ ދުވަސްވަރުގެ ރަށްތަކަށް ދީފައި ހުރި ނަންތައް އިންޑިއާގެ ބޮޑުވަޒީރު މޯދީ ބަދަލުކުރައްވައިފި
ބަދަލުކުރަން ނިންމެވީ އަންޑަމަން އެންޑް ނިކޮބާ އައިލެންޑްސްއަށް ނިސްބަތްވާ ތިން ރަށެއް

އިނގިރޭސިންގެ އިސްތިއުމާރުގެ ދުވަސްވަރު އިންޑިއާގެ ރަށްތަކަކަށް ދީފައިވާ ނަންތައް ބަދަލުކުރައްވަން، އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ނިންމަވައިފިއެވެ.

މި ރަށްތަކުގެ ނަން ބަދަލުކުރެއްވިކަން މޯދީ އިއުލާން ކުރެއްވީ އިންޑިއާގެ ސަރަހައްދެއްގެ ގޮތުގައި އޮންނަ އަންޑަމަން އެންޑް ނިކޮބަރ އައިލެންޑްސްގެ ވެރިރަށް ޕޯޓް ބްލެއަރގައި ދެއްވި ތަގުރީރެއްގައެވެ.

އަންޑަމަން އެންޑް ނިކޮބަރ އައިލެންޑްސްގެ ތިން ރަށެއްގެ ނަން ބަދަލުކުރެވިފައި ވަނީ ހައްދުފަހަނައަޅާފައިވާ ހިންދޫ ނެށަނަލިސްޓެއް ކަމުގައިވާ ސުބާސް ޗަންދްރާ ބޯސްއަށް ނިސްބަތްކޮށެވެ. ބޯސްއަކީ ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު، ޖަރުމަނުގެ ނާޒީންނާއި ޖަޕާނުގެ ރެޑް އާމީއާއި ގުޅިގެން، އިނގިރޭސިންގެ އަތް ދަށުން އިންޑިއާ މިނިވަންކުރަން މަސައްކަތް ކުރެއްވި މެރިން ސާވޭ ކުރާ މީހެކެވެ.

މި ގޮތުގެ މަތިން ބަދަލުކުރެވުނީ، ރޮސް އައިލެންޑްގެ ނަން ނޭތާޖީ ސުބާޝް ޗަންދްރާ ބޯސް ދީޕަށް، ހެވްލޮކް އައިލެންޑްގެ ނަން ސްވަރާޖް (މާނަ:މިނިވަންކަން) ދީޕަށް އަދި ނީލް އައިލެންޑްގެ ނަން ޝަހީދް ދީޕަށެވެ.

މޯދީ ވިދާޅުވީ ނަންތައް ބަދަލުކުރަން ނިންމެވީ ބޯސްގެ ހުވަފެނެއް ހަގީގަތަކަށް ހެދުމުގެ ގޮތުން ކަމަށެވެ. އަދި މިނިވަންކަމަށް ބުރަ އުފުލި ބަތަލުންގެ ވާހަކަ ދައްކާ އިރު، އިންޑިއާ މީހުން ބޯސްގެ ނަންގަންނަނީ ވަރަށް ފަހުރާއި އެކު ކަމަށް ވެސް މޯދީ ވިދާޅުވިއެވެ.

ނާޒީންގެ އެހީއާއި އެކު ބޯސް އުފެއްދި "ފްރީ އިންޑިއާ އާމީ" އިނގިރޭސިންނާއި ކުރިމަތިލައި ނާކާމިޔާބުވީ، ޖަޕާނުގެ އަސްކަރިއްޔާގެ އެހީތެރިކަމާއި އެކު މިޔަންމާ މަގުން އިންޑިއާއަށް ވަދެގަންނަން، 1945 ވަނަ އަހަރުގައި މަސައްކަތް ކުރަނިކޮށެވެ. އޭގެ މާ ގިނަ ދުވަސްތަކެއް ނުވަނީސް، ބޯސް ދަތުރުކުރި ފްލައިޓް ވެއްޓުމާއި ގުޅިގެން އޭނާ ވަނީ މަރުވެފައެވެ. ބޯސްއަކީ އިންޑިއާގެ ބައިބޯ ހިންދޫންގެ މެދުގައި ވަރަށް މަގުބޫލު، ބަތަލެއްގެ ދަރަޖަ ދެވިފައިވާ މީހެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ލީވާން އަލީ
- ކޮމެންޓް
6 ޖެނުއަރީ 2019 | އާދީއްތަ 14:40
އިދުރީސް
އިންޑިޔާގައި ދިވެހި ރާއްޖެ ފަދަރީތި ޖަޒީރާ ރަށްތަކެއް ހުއްނަކަން އަދި މި އެނގުނީ. ވަަރަށް ރީތި