ކ. މާލެ
|
3 ޖެނުއަރީ 2019 | ބުރާސްފަތި 08:58
ސެޕްޓެމްބަރު 11ގެ ހަމަލާގައި ވޯލްޑް ޓްރޭޑް ސެންޓަރު ބިމާހަމަވުމުގެ ކުރިން
ސެޕްޓެމްބަރު 11ގެ ހަމަލާގައި ވޯލްޑް ޓްރޭޑް ސެންޓަރު ބިމާހަމަވުމުގެ ކުރިން
ބީބީސީ
ސެޕްޓެމްބަރު 11ގެ ހަމަލާ
ބިޓްކޮއިނުން އަގު ނުދައްކައިފިނަމަ 9/11 ހަމަލާގެ ހަގީގަތް ހާމަކުރާނެކަމަށް ހެކަރުންތަކެއް އިންޒާރުދީފި
ޑޮކިއުމަންޓްތައް ހިމެނޭކަމަށް ބުނާ 10 ޖީބީގެ އެންކްރިޕްޓަޑް އާކައިވްއެއްގެ ލިންކު ވެސް ހިމަނާފައި

ބިޓްކޮއިނުން އަގު ނުދައްކައިފިނަމަ 9/11 ހަމަލާގެ "ހަގީގަތް ހާމަކުރާނެކަމަށް "ދަ ޑާކް އޮވަރލޯޑް" ނަމަކަށް ކިޔާ ހެކަރުންގެ ގްރޫޕަކުން އިންޒާރުދީފިއެވެ.

އެ ގްރޫޕުން ބުނެފައިވަނީ އެ މީހުން މި މައުލޫމާތު ހާމަކުރުމަށް ބޭނުން ކުރާނީ ސަރުކާރުގެ އިދާރާތަކުންނާއި އިންޝުއަރަންސް ކުންފުނިތަކުން މީގެ ކުރިން ވަގަށް ނަގާފައިވާ ޑޮކިއުމެންޓްތަކެއް ކަމަށެވެ.

ޕޭސްޓްބިން ވެބްސައިޓްގައި އެ ގްރޫޕުން ކޮށްފައިވާ ޕޯސްޓްއާއި އެކު، އެ މީހުން ވަނީ އެ ޑޮކިއުމަންޓްތައް ހިމެނޭކަމަށް ބުނާ 10 ޖީބީގެ އެންކްރިޕްޓަޑް އާކައިވްއެއްގެ ލިންކު ވެސް ހިމަނާފައެވެ. އެ ގްރޫޕުން ބުނެފައިވަނީ އެ މީހުން އެދިފައިވާ ކަންކަން ފުރިހަމަ ނުވެއްޖެ ހާލަތެއްގައި، މި އާކައިވްތައް ހުޅުވުމަށް ބޭނުންކުރާ "އެންކްރިޕްޝަން ކީޒް" ތައް ހާމަކުރާނެ ކަމަށެވެ.

އެ ގްރޫޕުން ވަނީ "ޓީޒަރ" އެއް ކަމަށް ބުނެ ލޯ ފާރމްތަކަކަކާއި އެމެރިކާގެ ޓްރާންސްޕޯޓް ސެކިއުރިޓީ އެޑްމިނިސްޓްރޭޝަންއާއި ފެޑެރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަންގެ ސިޓީތަކަކާއި އީމެއިލްތަކެއް ލީކްކޮށްލައިފައެވެ.

މި ހެކަރުންތައް ވަނީ އެ މީހުންގެ ޓްވިޓަރަ އެކައުންޓް މެދުވެރިކޮށް، އެ މީހުން އަތުގައި އެފް.ބީ.އައިގެ އާއި ޑިޕާޓްމަންޓް އޮފް ޖަސްޓިސްގެ ސިއްރު ލިޔެކިޔުންތަކެއް ހުރިކަމަށް ވެސް ބުނެފައެވެ. މ

It's not just insurance litigation that we have, it's CONFIDENTIAL, CLASSIFIED, and SECRET documents from FAA, FBI, TSA, USDOJ, and others. pic.twitter.com/7LaC8TaNAQ

— thedarkoverlord (@tdo_h4ck3rs) January 1, 2019>

<script async src="https://platform.twitter.com/widgets.js" charset="utf-8">>

މީގެ އިތުރުން ވޯލްޑް ޓްރޭޑް ސެންޓަރު އިމާރާރުގެ ވެރިން ކަމުގައިވާ ސިލްވަސްޓީން ޕްރޮޕަޓީސްގެ އާއި ބޮޑެތި އިންޝުއަރަންސް ކުންފުނިތައް ކަމުގައިވާ ލޮއިޑްސް އޮފް ލަންޑަންގެ އާއި ހިސްކޮކްސްގެ ލިޔެކިޔުން ވެސް އެ މީހުން އަތުގައި އެބަ ހުރި ކަމަށް އެ ގްރޫޕުން ވަނީ ބުނެފައެވެ.

މި ލިޔެކިޔުންތަކުގައި ހިމެނޭ ފަރާތްތަކުން އެ މީހުންގެ މައުލޫމާތުތައް ހާމަކުރަން ބޭނުންނުވާނަމަ އަގު ދެއްކުމަށް އެ ފަރާތްތަކަށް އެ ގްރޫޕުން ވަނީ ހުށައަޅާފައެވެ. އަދި މި މައުލޫމާތު ބިޑު އުސޫލުން ގަތުމަށް އެ ގްރޫޕުން ވަނީ ޓެރަރިސްޓު ޖަމާއަތްތަކަށާއި އެމެރިކާގެ ވާދަވެރި ގައުމުތަކަށް ދައުވަތު ދީފައެވެ.

"ދަ ޑާކް އޯވަރލޯޑް" ހެކަރުންގެ ގްރޫޕަކީ 2016 ވަނަ އަހަރުން ފެށިގެން، ޑޭޓާ ވަގަށް ނެގުމަށް ފަހު އަގަކަށް އެ މައުލޫމާތު ސިއްރު ކުރަމުން އަންނަ ބައެކެވެ. މިހާތަނަށް ފަންސާހަށް ވުރެ ގިނަ ކުންފުނިން ޑޭޓާ ވަގަށް ނަގާފައިވާ ގްރޫޕުގެ ޝިކާރައިގެ ލިސްޓުގައި މަޝްހޫރު ނެޓްފްލިކްސް ވެސް ހިމެނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ލީވާން އަލީ
- ކޮމެންޓް