ކ. މާލެ
|
2 ޖެނުއަރީ 2019 | ބުދަ 16:43
މި ހަރަކާތުގައި ބައިވެރިވި އަންހެނުން ސަފުގައި އެތުރިލައިގެން
މި ހަރަކާތުގައި ބައިވެރިވި އަންހެނުން ސަފުގައި އެތުރިލައިގެން
އޭއެފްޕީ
އިންޑިއާގައި ދެ ޖިންސުގެ ހަމަހަމަކަން
އިންޑިއާގައި ތިން މިލިއަން އަންހެނުން ގުޅިގެން 620 ކިލޯމީޓަރު ދިގު ސަފެއް ހަދައިފި
"ވަނީތާ މަތިލް" ނުވަތަ "ވިމެންސް ވޯލް"ގެ ނަމުން ނަން ދެވުނު ހަރަކާތުގައި ހުރިހާ އުމުރުފުރާއެއްގެ އަންހެނުން ވަނީ ބައިވެރިވި

އިންޑިއާގައި ހަމަހަމަކަމަށް ގޮވާލައި، ތިން މިލިއަން އަންހެނުން ގުޅިގެން 620 ކިލޯމީޓަރަށް ދިގު ސަފެއް ހަދައިފިއެވެ.

އިންޑިއާގެ ކެރެލާ ސްޓޭޓްގެ މަގުތަކުގުގައި އަންހެނުންތަކެއް އަތު ގުޅުވާލީ، ދެ ޖިންސުގެ ހަމަހަމަކަމަށް ގޮވާލައި، އެއްމެނަށް ވަރުގަދަ މެސެޖެށް ދިނުމުގެ ނިޔަތުގައެވެ. "ވަނީތާ މަތިލް" ނުވަތަ "ވިމެންސް ވޯލް"ގެ ނަމުން ނަން ދެވުނު ހަރަކާތުގައި ހުރިހާ އުމުރުފުރާއެއްގެ އަންހެނުން ވަނީ ބައިވެރިވެފައެވެ.

މިއީ ކެރެލާގެ ފައްޅިއަކަށް އަންހެނުން ވަނުން މަނާކޮށްފައި އޮތް އޮތުމަށް ނިމުމެއް ގެނައުމަށް އިންޑިއާގެ ސުޕްރީމް ކޯޓުން ސެޕްޓެމްބަރު މަހު ނިންމުމާ ގުޅިގެން، ހިނގައިދިޔަ ހަމަނުޖެހުންތަކާ ދެކޮޅަށް ނުރުހުން ފާޅުކުރުމުގެ ގޮތުން ކުރިޔަށް ގެންދިޔަ ހަރަކާތެކެވެ. ކޯޓުގެ ނިންމުމަށް ފަހު ފައްޅިއަށް ވަންނަން ދިޔަ އަންހެނުންނަށް ފައްޅީގައި ތިބި ފިރިހެނުން ވަނީ ހަމަލާ ދީފައެވެ.

ފަނަރަ ވަރަކަށް މިނިޓަށް ދިގުދެމިގެން ދިޔަ މި ހަރަކާތުގެ ބައިވެރިން ވަނީ ދެޖިންސުގެ ހަމަހަމަކަމަށް ގޮވާލުމުގައި ދެމިތިބުމަށާއި "މޮޔައިންގެ މަރުކަޒަކަށް" ކެރެލާ ހަދަން ކުރާ މަސައްކަތްތައް ހުއްޓުވާނެ ކަމަށް ވައުދުވެފައެވެ.

ދެ ޖިންސުގެ ހަމަހަމަކަމަށް އަލިއަޅުވާލައި ވޯލްޑް އިކޮނޮމިކް ފޯރަމްއިން އަހަރަކު އެއް ފަހަރު ނެރޭ ރިޕޯޓުގައިވާ ގޮތުން، އިންޑިއާ އުޅެނީ ދުނިޔޭގެ 108 ވަނައިގައެވެ. ފާހަގަކޮށްލެވޭ ގޮތުގައި އިންޑިއާއަށް ވުރެ ކުރި ލިބެނީ އެއްމެ ދެ ދަރަޖައެވެ. ދެކުނު އޭޝިއާގެ ގައުމުތަކުގެ ތެރެއިން މި ލިސްޓުގެ އެއްމެ ކުރީގައި އުޅެނީ 48 ވަނައިގައި އޮތް ބަންގްލަދޭޝް އަށެވެ.

- ކޮމެންޓް