ކ. މާލެ
|
3 ޖެނުއަރީ 2019 | ބުރާސްފަތި 08:53
ޗައިނާގެ ރައީސް ޝީ ޖިން ޕިން އަދި ޓައިވާނުގެ ރައީސް ސައި އިންގް-ވެން
ޗައިނާގެ ރައީސް ޝީ ޖިން ޕިން އަދި ޓައިވާނުގެ ރައީސް ސައި އިންގް-ވެން
އޭއެފްޕީ/ގެޓީ
ޓައިވާން - ޗައިނާ
ޓައިވާން އަލުން ޗައިނާއާ ގުޅޭނެ: ޝީ
ޓައިވާނުން ޗައިނާއާ ގުޅޭކަށް ބޭނުމެއް ނުވޭ

ޓައިވާން އަލުން ޗައިނާއާއި ގުޅެން ޖެހޭ ކަމަށާއި އަދި އެ  ގައުމުން އަލުން ޗައިނާއާ ގުޅޭނެކަމަށް ޗައިނާގެ ރައީސް ޝީ ޖިން ޕިން ވިދާޅުވެއްޖެއެވެ.

ދެ ގައުމު ގުޅުން ބަދަހިކުރަން ފެށިތާ 40 އަހަރުފުރުން ފާހަގަ ކުރުމަށް ބޭއްވި ބައްދަލުވުމުގައި ޝީ ވަނީ އެ ގައުމެއްގެ ގޮތުގައި ދެ ގައުމު އޮވެ ދެ ވެރިކަމެއް ހިންގުމަށް ގޮވާލައްވަމުންދާ ދިއުން ތަކުރާރުކުރައްވާފައެވެ.

ރައީސް ޝީ ވަނީ ޗައިނާއަށް ބާރުގެ ބޭނުން ކުރުމުގެ އިޚްތިޔާރު އޮތްކަމުގެ އިންޒާރު ދެއްވާފައެވެ.

ޓައިވާނަކީ އަމިއްލަ ވެރިކަމެއް ގާއިމްކޮށްގެން މިނިވަން ގައުމެއް ނަމަވެސް ރަސްމީކޮށް މިނިވަންކަން އިއުލާނުކޮށްފައިވާ ގައުމެއް ނޫނެވެ.

ނަމަވެސް ޓައިވާނުގެ ރައީސް ސައި އިންގް-ވެން ބުދަދުވަހު ވިދާޅުވީ ޗައިނާއިން ހުށަހަޅާފައިވާ ހުށަހެޅުންތަކާއެކު އެ ގައުމާއި ނުގުޅެވޭނެކަމަށެވެ.

"އަޅުގަނޑު ތަކުރާރުކޮށް ދަންނަވާލަން އެއް ގައުމެއްގެ ގޮތުގައިއޮވެ ދެ ނިޒާމަކަށް ހިންގަން އެއްބަހެއް ނުވެވޭނެ" ސައި އިންގް-ވެން ވިދާޅުވިއެވެ.

ޓައިވާނުގެ އާއްމުންގެ ބޮޑު އަޣުލަބިއްޔަތެއްވެސް އެއް ގައުމުގެ ގޮތުގައި ދެ ނިޒާމެއްގެ ދަށުން ވެރިކަން ކުރަން ބޭނުން ނުވާކަމަށް ކަމަށް ރައީސް ސައި އިންގް-ވެން ވިދާޅުވިއެވެ.

ޗައިނާގެ ބައެއްގެ ގޮތުގައި އޮވެ ވަކި ނިޒާމަކަށް ހޮންގކޮންގައި ވެރިކަން ހިންގާ އުސޫލުން ޓައިވާނުންވެސް އެ ނިޒާމަށް ވެރިކަން ހިންގަން ފުރުސަތު އޮންނާނެކަމަށް ޗައިނާއިންދަނީ ބުނަމުންނެވެ.

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ލީވާން އަލީ
- ކޮމެންޓް