Advertisement
ކ. މާލެ
|
1 ޖެނުއަރީ 2019 | އަންގާރަ 18:37
ފުލުހުންގެ އޮޕަރޭޝަނެއްގައި އަތުލައިގަތް މަސްތުވާތަކެތި
ފުލުހުންގެ އޮޕަރޭޝަނެއްގައި އަތުލައިގަތް މަސްތުވާތަކެތި
ކަސްޓަމްސް
މަސްތުވާ ތަކެތި
ފާއިތުވި ތިން އަހަރު 130 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެވުނު: ސީޕީ ހަމީދު
މަސްތުވާތަކެތީގެ ވަބާއަކީ ރާއްޖޭގެ މުޖުތަމައުއަށް ހުރި ބޮޑު ނުރައްކަލެއް
ތަފާތު އުކުޅުތައް ބޭނުންކޮށްގެން މަސްތުވާތަކެތި އަތުލައިގަތުމަށް ދަނީ މަސައްކަތް ކުރަމުން

ފާއިތުވެގެން ދިޔަ ތިން އަހަރު 130 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެވިފައި އެބަހުރި ކަމަށް އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

މަސްތުވާތަކެތި ހުއްޓުވުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކާއި ބެހޭ ގޮތުން އެކްޓިން ސީޕީ ހަމީދު ވިދާޅުވީ މަސްތުވާތަކެތީގެ ވަބާއަކީ ރާއްޖޭގެ މުޖުތަމައުއަށް ހުރި ބޮޑު ނުރައްކަލެއް ކަމަށާއި، ތަފާތު އުކުޅުތައް ބޭނުންކޮށްގެން މިވަބާއިން މިގައުމު ސަލާމަތް ކުރުމަށް ފުލުހުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މީގެ އިތުރުން ހަމީދު ވިދާޅުވީ މަސްތުވާތަކެތި ރާއްޖެ އެތެރެކުރުން ހުއްޓުވުމަށް ވެސް ފުލުހުން ޚާއްސަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

ފުލުހުންގެ މައިގަނޑު މަގުސަދަކީ މިފަދަ ކަންތައްތައް ހުއްޓުވައި މުޖުތަމައު ރައްކާތެރިކޮށް ކަށަވަރުކުރުން ކަމަށް ވެސް ހަމީދު ވިދާޅުވިއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް