ކ. މާލެ
|
1 ޖެނުއަރީ 2019 | އަންގާރަ 17:43
އަހަރަކު 20 ތުފާނު ފިލިޕީންްސްއަށް އަރާ
އަހަރަކު 20 ތުފާނު ފިލިޕީންްސްއަށް އަރާ
އޭއެފްޕީ
ޕިލިޕީންސްގައި ފެން ބޮޑުވުން
ފިލިޕީންސްގައި ފެން ބޮޑުވެ ބިންގަނޑު ކަނޑައިގެން ދިޔުމާއި ގުޅިގެން 75 މީހަކު މަރުވެއްޖެ
އެއްމެ ގިނައިން މީހުން މަރުވީ އިރުމަތީ ބިކޯލް އަވަށުންނާއި ވިސަޔާސް އަވަށުން
މި ކާރިސާގެ ސަބަބުން އެ ގައުމުގެ 13 ޕްރޮވިންސްއެއްގެ 25000 މީހުންނަށް އަސަރުކޮށްފައިވޭ

މޫސުމީ ކޮޅިގަނޑެއްގެ ސަބަބުން ފިލިޕީންސްއަށް ކުރަމުންދާ ބޯ ވިއްސާރައިގައި ފެން ބޮޑުވެ، ބިންގަނޑު ކަނޑައިގެން ދިޔުމާއި ގުޅިގެން 75 މީހަކު މަރުވެއްޖެއެވެ.

އެ ގައުމުގެ ނެޝަނަލް ޑިޒާސްޓަރ ރިޑަކްޝަން އޮފީހުން ބުނެފައިވަނީ އިތުރު 16 މީހަކު ގެއްލިގެން ހޯދަމުންދާ ކަމަށެވެ. އެ އޮފީހުގެ ފަރާތުން ވާހަކަދެއްކި އެޑްގާ ޕޮސާޑަސް ވިދާޅުވީ އެއްމެ ގިނައިން މީހުން މަރުވީ އިރުމަތީ ބިކޯލް އަވަށުންނާއި ވިސަޔާސް އަވަށުން ކަމަށެވެ. އޭނާ ވިދާޅުވީ މީގެ ތެރެއިން ގިނަ މީހުން މަރުވީ ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާތަކާއި ގުޅިގެން ކަމަށެވެ.

މި ކާރިސާގެ ސަބަބުން އެ ގައުމުގެ 13 ޕްރޮވިންސްއެއްގެ 25000 މީހުންނަށް އަސަރުކޮށްފައިވާ ކަމަށް ޑިޒާސްޓަރ ރިޑަކްޝަން އޮފީހުން ވަނީ ހާމަކޮށްފައެވެ. މިއީ 2018 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އެރި ތޫފާން މަންކުޓްގެ ފަހުން ދެވަނައަށް އެއްމެ ގިނައިން މީހުން މަރުވި ތޫފާނެވެ.

އެވަރޭޖް ގޮތެއްގައި އަހަރަކު 20 ތޫފާން ފިލިޕީންސްއަށް އަރައި އެތައް ބަޔަކަށް ގެއްލުން ލިބެއެވެ. މި ފަހުގެ ތާރީހެއްގައި ޕިލިޕީންސްއަށް އެއްމެ ގެއްލުން ލިބުނީ 2013 ވަނަ އަހަރު އެރި ތޫފާން ހައިޔާންގެ ސަބަބުންނެވެ. މި ތޫފާނުގައި 6300 މީހުން މަރުވެފައިވާ އިރު، ހަތަރު މިލިއަނަށް ވުރެ ގިނަ މީހުން ގެދޮރު ދޫކޮށް ދާން ޖެހުނެވެ.

- ކޮމެންޓް