Advertisement
ކ. މާލެ
|
1 ޖެނުއަރީ 2019 | އަންގާރަ 15:14
ކާރނަލް އަބްދުﷲ ޒުހުރީ
ކާރނަލް އަބްދުﷲ ޒުހުރީ
ހައްވާ މުހައްމަދު
އަލިފާނުގެ ހާދިސާތައް
ފަޔަރ ހައިޑްރެންޓް މަތީގައި ޕާކްނުކުރުމަށް އެމްއެންޑީއެފްއިން އިލްތިމާސްކޮށްފި
އެންމެ ހައިޑްރެންޓް ފިޔަވާ ހުރިހާ ހައިޑްރެންޓެއްވެސް މަސައްކަތް ކުރޭ
ހައިޑްރެންޓް މަތީގައި އެއްވެސް އުޅަނދެއް ޕާކް ކުރުމަކީ މަނާކަމެއް

މާލޭގެ މަގުމަތީގައި ހަދާފައިވާ ފަޔަރ ހައިޑްރެންޓްތައް މަތީގައި އެއްވެސް އުޅަނދެއް ޕާކް ނުކުރުމަށް އެމްއެންޑީއެފްއިން އިލްތިމާސްކޮށްފިއެވެ.

އެމްއެންޑީއެފްއިން ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކާރނަލް އަބްދުﷲ ޒުހުރީ ވިދާޅުވީ ފަޔަރ ހައިޑްރެންޓް ނުވަތަ އަލިފާން ނިއްވުމަށް ފެން ބޭނުން ކުރުމަށް މަގު މަތީގައި ހާއްސަކޮށްފައި ހުންނަ ޕޮއިންޓްތައް މަތީގައި ޕާކްކުރުމަކީ މަނާކަމެއް ކަމަށެވެ. ނަމަވެސް ބައެއް ފަރާތްތަކުން ފަޔަރ ހައިޑްރެންޓްތައް މަތީގައި ޕާކްކޮށްފައި ހުންނަ މައްސަލަ މިހާރު ކުރިމަތިވަމުން އަންނަ ކަމަށް ޒުހުރީ ވިދާޅުވިއެވެ

ޒުހުރީ ވިދާޅުވީ ފަޔަރ ހައިޑްރެންޓް ހުންނަ ކޮންމެ އެކަން އަންގައިދޭ ނިޝާންތައް ހުންނާނެ ކަމަށާއި ނަމަވެސް ހައިޑްރެންޓްތައް މަތީގައި ޕާކްކޮށްފައި ހުރުމުން އަލިފާން ނިންވުމުގެ މަސައްކަތަށް ދަތިތައް ވެސް ކުރިމަތިވާ ކަމަށް ޒުހުރީ ފާހަގަކުރެއްވިއެވެ.

މާލޭގައި 29 ހައިޑްރެންޓް ހުރިއިރު އެއް ހައިޑްރެންޓް ފިޔަވާ ހުރިހާ ހައިޑްރެންޓެއްވެސް މަސައްކަތް ކުރާ ކަމަށް ޒުހުރީ ވިދާޅުވިއެވެ.

"މަގު ހެދުމުގެ ސަބަބުން ހައިޑްރެންޓްތަކަށް ތަފާތު ދަތިތައް ދިމާވޭ، ސާފުކުރަންޖެހޭ. ނޮވެމްބަރު މަސްތެރޭގައި ވާނީ ފަޔަރ ހައިޑްރެންޓްތަށް ސާފުކޮށްފައި. ބޭނުންކުރެވޭ ހާލަތުގައި 28 ހައިޑްރެންޓް އެބަހުރި،" ޒުހުރީ ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް