Advertisement
ކ. މާލެ
|
1 ޖެނުއަރީ 2019 | އަންގާރަ 15:05
އެކްޓިންގ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު
އެކްޓިންގ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު
މޯލްޑިވްސް ޕޮލިސް ސާރވިސް
ފުލުހުންގެ ހިދުމަތް
ފުލުހުންގެ މުއައްސަސާގެ ހިންގުން ހަރުދަނާކުރުމަށް ދަނީ މަސައްކަތް ކުރަމުން: އެކްޓިން ސީޕީ
ބޭނުންވާ ވަސީލަތްތަކާއި، ފުލުހުންގެ ވެލްފެއަރ ކަންކަން ރަނގަޅު ކުރުމަށް ދަނީ މަސައްކަތް ކުރަމުން
ހަމަހަމަކަމާއެކު ރައްޔިތުންނަށް ޚިދުމަތްކުރެއްވުމަށް އެދިވަޑައިގެންނެވި

ފުލުހުންގެ މުއައްސަސާގެ ހިންގުން ހަރުދަނާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

އިންޓާނަލް ސެކިއުރިޓީ ކޮމާންޑްގައި މަސައްކަތްކުރާ މުވައްޒަފުންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުން ހަމީދު ވިދާޅުވީ ފުލުހުންގެ މުއައްސަސާގައި ރަނގަޅު ކުރަންހުރި ކަންކަން ރަނގަޅު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި، ޚާއްސަކޮށް ފުލުހުންގެ މުއައްސަސާގެ ހިންގުން ހަރުދަނާކޮރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރާ ކަމަށެވެ.

ފުލުހުންނަށް ބޭނުންވާ ވަސީލަތްތަކާއި ފުލުހުންގެ ވެލްފެއަރ ކަންކަން ރަނގަޅުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް ހަމީދު ވިދާޅުވިއެވެ. 

ފްރަންޓް ލައިންގައި މަސައްކަތްކުރާ ފުލުހުންނަކީ މުހިންމު މަސައްކަތްތަކެއް ކުރާ ބައެއްކަން ފާހަގަކުރައްވައި ހަމީދު ވިދާޅުވީ ކޮންމެ ފުލުހަކުވެސް މަސައްކަތްކުރަނީ ގާނޫނާއި ގަވާއިދުތަކާ އެއްގޮތްވާގޮތުގެ މަތިންކަމަށާއި ކޮންމެ ފުލުހަކު ވެސް ޕްރޮފެޝަނަލްކަމާއެކު މަސައްކަތްކުރުމަށް އިލްތިމާސްކުރެއްވިއެވެ.

އަދި ކޮންމެ ފުލުހަކީ އެފުލުހަކާ ހަވާލުކުރެވިފައިވާ މަސައްކަތްތަކާ ގުޅޭގޮތުން ޖަވާބުދާރީވާންޖެހޭ މީހެއް ކަމަށާއި، ކޮންމެ ފުލުހަކުވެސް ހަމަހަމަކަމާއެކު ރައްޔިތުންނަށް ޚިދުމަތްކުރެއްވުމަށް އެދިވަޑައިގެންނެވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް