Advertisement
ކ. މާލެ
|
1 ޖެނުއަރީ 2019 | އަންގާރަ 13:07
ނައިވާދޫއަށް ލައްގާފައިވާ ހަށިގަނޑު: ފޮޓޯ: ކުޅުދުއްފުށި އޮންލައިން
ނައިވާދޫއަށް ލައްގާފައިވާ ހަށިގަނޑު: ފޮޓޯ: ކުޅުދުއްފުށި އޮންލައިން
މުހައްމަދު ޝަރުހާން
ހދ ނައިވާދޫ
ނައިވާދޫއަށް މަރުވެފައިވާ މީހެއް ހަށިގަނޑު ލައްގައިފި
ހަށިގަނޑު ލައްގާފައި އޮތީ އެރަށުގެ އިރުމަތީ ފަރާތުގެ ބޯޓް ޔާޑް ސަރަހައްދުގައި
ކާކު ކަން ނޭނގޭ ވަރަށް ހަށިގަނޑު އޮތީ ހަލާކުވެފަ

ހދ ނައިވާދޫއަށް މަރުވެފައިވާ މީހެއް ހަށިގަނޑު ލައްގައިފި އެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން އެރަށުގެ ކައުންސިލްގެ ރައީސް އަހުމަދު ފާއިޒު ވިދާޅުވީ 11:30 ހާއިރު އެރަށުގެ ގޮނޑުދޮށުން އިންސާނެއްގެ ހަށިގަނޑެއް ފެނިފައިވާ ކަމަށެވެ. އަދި ވިދާޅުވީ ކާކުކަން ނޭނގޭ ވަރަށް ހަށިގަނޑު ހަލާކުވެފައިވާ ކަމަށާއި، ލަފާ ކުރެވެނީ އަންހެނެއްގެ ހަށިގަނޑާ ކަމަށެވެ.

ހަށިގަނޑު ލައްގާފައި އޮތީ އެރަށުގެ އިރުމަތީ ފަރާތުގެ ބޯޓް ޔާޑް ސަރަހައްދުގައި ކަމަށް ފާއިޒު ވިދާޅުވިއެވެ. 

މިހާދިސާއާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ މިފަދަ މައުލޫމާތެއް 12:00 ހާއިރު ފުލުހަށް ލިބިފައިވާ ކަމަށާއި، ހަށިގަނޑު ވަރަށް ބޮޑަށް ހަލާކުވެފައިވާ ކަމުގެ މައުލޫމާތު ވެސް ލިބިފައިވާ ކަމަށެވެ. އަދި މިހާރު ފުލުހުންގެ ޓީމެއް އެރަށަށް ދަތުރު ކުރަމުންދާ ކަމަށް އޮފިސަރު ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހުމަދު ފައިރޫޒު
- ކޮމެންޓް