Advertisement
ކ. މާލެ
|
1 ޖެނުއަރީ 2019 | އަންގާރަ 09:15
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް
ރައީސް އޮފީސް
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ރައީސްގެ އާ އަހަރުގެ މެސެޖް: ސަރުކާރު ދެމިއޮންނާނީ ރައްޔިތުންގެ އުންމީދުތައް ހަގީގަތަކަށް ހަދައިދިނުމުގައި
ފެށުނު އަހަރަކީވެސް ސިޔާސީ މުހިންމު ބަދަލަކާ ކުރިމަތިލާނެ އަހަރެއް
ދިވެހި ރައްޔިތުންނަށް ލިބިދީފައިވާ ދުސްތޫރީ ބާރުގެ ތެރެއިން، ވެރިކަން ބަދަލުކޮށް އާ ވެރިކަމެއް ޤާއިމުކޮށްފައިވަނީ، ވަރަށް މަތިވެރި އަދި އެހާމެ ފޮނި އުންމީދުތަކަކާއެކު

އާ އަހަރުގެ އުފާވެރި ޝުޢޫރުތަކާއެކު، ރައްޔިތުންނަށް ޔަޤީންކޮށްދޭން ބޭނުންވަނީ މާތް ﷲގެ ވާގިފުޅާއެކު ސަރުކާރު ދެމިއޮންނާނީ، ރައްޔިތުންގެ އުންމީދުތައް ހަގީގަތަކަށް ހަދައިދިނުމުގައި ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

އާ އަހަރުގެ ތަހްނިޔާގެ މެސެޖްގައި ރައީސް ސޯލިހް ވިދާޅުވީ ރާއްޖޭގެ ޑިމޮކްރަސީގެ ހަޔާތުން އާ އަހަރަކާ ކުރިމަތިލާއިރު، ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ މިނިވަންކަމާއި ޙައްޤުތައް، ނަގަހައްޓައި ދަމަހައްޓަން ދިވެހީން ބޭނުންވެފައި ތިބި މިންވަރު، މިދިޔަ އަހަރުގެ ތެރޭގައި ފެނި ސާބިތުވެގެން ދިޔަ ކަމަށެވެ. ރައްޔިތުންގެ އެ އުންމީދުތައް ޙަޤީޤަތަކަށް ހަދައިދިނުމަށްޓަކައި، ސިޔާސީ ލީޑަރުން އެއްބައިވެ އެކަތިގަނޑަކަށް ވެވަޑައިގެން ތިއްބެވިކަމީ، ދިވެހި ރައްޔިތުންނަށް، މާތް ﷲ މިންވަރުކުރެއްވި ހެޔޮ ނަސީބެއްކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"ދިވެހި ރައްޔިތުންނަށް ލިބިދީފައިވާ ދުސްތޫރީ ބާރުގެ ތެރެއިން، ވެރިކަން ބަދަލުކޮށް އާ ވެރިކަމެއް ޤާއިމުކޮށްފައިވަނީ، ވަރަށް މަތިވެރި އަދި އެހާމެ ފޮނި އުންމީދުތަކަކާ އެކުގައެވެ. އެއީ، ޢަދުލުވެރިކަމާއި އިންޞާފާއި ހަމަހަމަކަމާއެކު، ރައްޔިތުންގެ މެދުގައި މުޢާމަލާތު ކުރާނެ ކަމުގެ އުންމީދެވެ. އެއީ، ހިޔާނާތާއި ކޮރަޕްޝަނާއި ފަސާދައިން ދިވެހި ދައުލަތް ސާފުކޮށްދޭނެ ކަމުގެ އުންމީދެވެ. އަސާސީ ޙައްޤުތަކާއި މިނިވަންކަން ކަށަވަރުކޮށްދޭނެ ކަމުގެ އުންމީދެވެ،" އެމަނިކުފާނުގެ މެސެޖްގައި ވިދާޅުވެފައިވެ އެވެ.

ސަރުކާރު ދެމިއޮންނާނީ، ރައްޔިތުންގެ އުންމީދުތައް ހަގީގަތަކަށް ހަދައިދިނުމުގައި ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

މި ފެށުނު އަހަރަކީވެސް ސިޔާސީ މުހިންމު ބަދަލަކާ އަޅުގަނޑުމެން ކުރިމަތިލާނެ އަހަރެއް ކަމަށާއި އެޕްރީލް ހަ ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަކީ، ރާއްޖޭގެ ދުސްތޫރީ ނިޒާމް އަލުން ބައްޓަންކުރުމުގައި، ރައްޔިތުން ގޮތް ނިންމަވާނެ ދުވަސް ކަމަސް ރައީސް ސޯލިހް ވިދާޅުވި އެވެ.

"އެދުވަހުގެ އިންތިޚާބަށް ނުކުންނައިރު، ޤައުމު މިއަދު އޮތް ޙާލަތާއި، ޤައުމު ކުރިއަށް ގެންދަންވީ މިޞްރާބު ރަނގަޅަށް އެނގި ތިބެ، ޤައުމުގެ މަޞްލަޙަތު އިސްކުރައްވާނެ ކަމާމެދު ޝައްކެއް ނުކުރަމެވެ،" އެ މަނިކުފާނު ވިދާޅުވި އެވެ.

މިފެށުނު 2019 ވަނަ އަހަރަކީ، އުންމީދާއި އުފާވެރިކަމުން ފުރިގެންވާ ވިލުންތެރި އަހަރެއް ކަމުގައި މާތް ﷲ ލެއްވުން އެދޭ ކަމަށާއި ދިވެހީންނަކީ އަބަދުވެސް އެކުވެރިކަމާއި އެއްބަނޑުއެއްބަފާކަމާއެކީގައި، ތަރައްޤީއާއި ކާމިޔާބީ ޙާޞިލުކުރަމުންދާ ބައެއް ކަމުގައި ލެއްވުމަށް އެދޭ ކަމަށް ރައީސް ސޯލިހް ވިދާޅުވެފައިވެ އެވެ.  

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
1 ޖެނުއަރީ 2019 | އަންގާރަ 05:15
Rekifutha
Rayyithunge unmeedhakee vahkan kurimeehun adhi meehumerimeehun hifaa hayyarukurumaa adhabu dhinun.