Advertisement
ކ. މާލެ
|
31 ޑިސެންބަރ 2018 | ހޯމަ 19:36
މަގުު ހުޅުވުމުގެ ގޮތުން ރައީސްގެ ކާރުކޮޅު ދަތުރުކުރަނީ
މަގުު ހުޅުވުމުގެ ގޮތުން ރައީސްގެ ކާރުކޮޅު ދަތުރުކުރަނީ
ރާއްޖެ އެމްވީ
ރައީސް ސޯލިހުގެ 100 ދުވަހުގެ ވައުދުތައް
އަމީރު އަހުމަދު މަގު އަލުން ހުޅުވައިފި
އެމަގުން ދަތުރުކުރާނީ އިރުން ހުޅަނގަށް

ތިން އަހަރަށް ވުރެ ގިނަ ދުވަސް ވަންދެން ބަންދުކޮށްފައި އޮތުމަށް ފަހު، އިސްލާމީ މަރުކަޒުގެ އުތުރު ފަރާތުން ބަންދުކޮށްފައިވާ އަމީރު އަހުމަދު މަގު ދުއްވާ އެއްޗިއްސަށް އަލުން ހުޅުވާލައިފިއެވެ.

އަމީރު އަހުމަދު މަގު ރަސްމީކޮށް ހުޅުވުނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ކާރުކޮޅު އެ ސަރަހައްދުން  ވަޑައިގަތުމުންނެވެ.

މަގު ހުޅުވުމާ ގުޅިގެން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މާލެ ސިޓީގެ މޭޔަރު ޝިފާ ވިދާޅުވީ މިއީ ވަރަށް ގިނަ ރައްޔިތުންތަކެއް އެދެމުން އައި ކަމެއްގެ ނިމުން ކަމަށެވެ. އަދި އެމަގުގައި ދަތުރުކުރެވޭނީ ކުރިން ވެސް އެ މަގު ބޭނުންކުރި އިރު ދަތުރުކުރަމުން ދިޔަ ގޮތަށް، އިރުން ހުޅަނގަށް ކަމަށެވެ. އަދި މި މަގަކީ އެއްވެސް އުޅަނދަކަށް ޕާކު ނުކުރެވޭ ގޮތަށް، "ޕެޑެސްޓްރިއަން ފްރެންޑްލީ" ކޮށް ހަދާފައިވާ މަގެއް ކަމަށް ވެސް ޝިފާ ވިދާޅުވިއެވެ.

މީގެ އިތުރުން ޝިފާ ވިދާޅުވީ އަމީރު އަހްމަދު މަގު އަލުން ހުޅުވާލުމާ އެކު އެ ސަރަހައްދުގައި ޓްރެފިކް ތޮއްޖެހޭ މައްސަލައަށް ހައްލެއް ލިބި، ދަތުރުފަތުރު ކުރުމަށް ފަސޭހަވެގެންދާނެ ކަމަށް ބެލެވޭ ކަމަށެވެ. 

އިސްލާމީ މަރުކަޒުގެ އުތުރުން އޮންނަ އަމީރު އަހްމަދު މަގުގައި ޖަހާފައި ހުރި މާބުލްތައް ނައްޓާލައި، އެމަގު އަލުން އާންމުންނަށް ބޭނުންކުރެވޭ ގޮތަށް ހެދީ ޕްލޭނިންގް މިނިސްޓްރީ އާއި މާލެ ސިޓީ ކައުންސިލްގެ މުވައްޒަފުން ގުޅިގެންނެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު މާލެއަށް ދިމާވެފައިވާ ޓްރެފިކްގެ މައްސަލަ ހައްލުކުރުމަށް ހާއްސަ ފިޔަވަޅުތަކެއް އަޅަން ނިންމައި، 100 ދުވަހުގެ ވައުދުތަކުގެ ދަށުން ވަނީ މާލޭ ސިޓީ ކައުންސިލާއި، ޓްރާންސްޕޯޓް މިނިސްޓްރި އާއި، ޕްލޭނިންގް މިނިސްޓްރީ އާއި ހައުސިން މިނިސްޓްރީ ގުޅިގެން ވަނީ ހާއްސަ މަސައްކަތްތަކެއް ކުރަން ފަށާފައެވެ. އެ ގޮތުން ހުކުރު ދުވަސްތަކުގައި ވަކި މަގުތަކެއް ވެހިކަލްތަކަށް ބަންދުކުރުމަށް ވަނީ ސަރަކަރުން ވަނީ ނިންމާފައެވެ. އެ ގޮތުން ބަންދުކުރާނެ މަގުތައް ކަނޑައެޅުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ހައުސިން މިނިސްޓްރީން ބުނެފައި ވެއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް