Advertisement
ކ. މާލެ
|
31 ޑިސެންބަރ 2018 | ހޯމަ 13:11
މިނިސްޓަރ އަބްދުﷲ އަމީން
މިނިސްޓަރ އަބްދުﷲ އަމީން
މުހައްމަދު ޝަރުހާން
ހެލްތު މިނިސްޓަރު
ދިވެހި ބޭސްވެރިކަމަކީ ދިވެހިންގެ މައުނަވީ ތަރިކައިގައި ހިމެނޭ ވަރަށް އަގު ބޮޑު މުދަލެއް: ހެލްތު މިނިސްޓަރު
ދިވެހި ބޭސްވެރިކަމަކީ ރާއްޖޭގައި އޮތް އެންމެ މުއްސަނދި އިލްމު

ދިވެހި ބޭސްވެރިކަމަކީ ދިވެހިންގެ މައުނަވީ ތަރިކައިގައި ހިމެނޭ ވަރަށް އަގު ބޮޑު މުދަލެއް ކަމަށް ހެލްތު މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

ރާއްޖެއެމްވީ އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި މިނިސްޓަރ އަމީން ވިދާޅުވީ އިލްމީ ނަޒަރަކުން ބަލާއިރު ދިވެހި ބޭސްވެރިކަމަކީ ރާއްޖޭގައި އޮތް އެންމެ މުއްސަނދި އިލްމު ކަމަށާއި، އިސްލާމް ދީން ރާއްޖެއަށް އައުމަށް ފަހު ދިވެހި ބޭސްވެރިކަން ރާއްޖެއަށް ވަރަށް ބޮޑަށް ތައާރަފް ވެގެން ދިޔަ ކަމަށެވެ. އަދި ޒަމާނީ ބޭސްވެރިކަން ތައާރަފްވެގެން ދިޔުމާ އެކު ސަމާލުކަން ނުދެވި ފަހަތަށް ދިޔަ ކަމަށް މިނިސްޓަރު ވަނީ ވިދާލުވެފައެވެ.

އާދިއްތަ ދުވަހު ބޭއްވި ދިވެހި ބޭސްވެރިކަމުގެ މަހާސިންތާއަށް އަލިއަޅުވާލައްވައި މިނިސްޓަރު ވިދާޅުވީ ބޭސްވެރިކަމުގެ ދާއިރާގައި އުޅޭ އެންމެން އެއްތަނަކަށް އެއްވެ ކުރިމަގަކީ ކޮބައިތޯ މަޝްވަރާކުރުމަކީ ވަރަށް ބޮޑު ފެށުމެއް ކަމަށާއި ކުރިޔަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި އެކްޝަން ޕްލޭންތަކެއް ހެދި ރާއްޖޭގައި ދިވެހި ބޭސްވެރިކަން ކުރިއަރުވާނީ ކިހިނެއްތޯ ދެނެގަންނާނެ ކަމަށެވެ. މީގެ އިތުރުން ދިވެހި ބޭސްވެރިކަމުގެ ތަޖުރިބާކާރު ބޭފުޅުންނާއި ޝައުގުވެރިވާ ބޭފުޅުން ރާއްޖޭގައި އެބަ ތިބި ކަމަށާއި އެކަމަށް އެކަށިގެންވާ މާހައުލެއް ރާއްޖޭގައި އެބަ އޮތް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.  

މިނިސްޓަރ ވިދާޅުވީ މަހާސިންތާއަކީ ކުރިއަށް އެޅި ވަރށް ހަރުދަނާ ފިޔަވަޅެއް ކަމަށެވެ. އޮގޮތުން ދިވެހި ބޭސްވެރިކަން އާ ހަރުފަތަކަށް ގެންދިޔުމަށް ކުރެވުނު ވަރަށް މުހިންމު ކަމެއް ކަމަށާއި ދިވެހި ބޭސްވެރިކަމުގެ ކުރިމަގު އާ ޒަމާނަކަށް ގެންދިޔުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެޅުއްވި ވަރަށް މުހިންމު ބިންގަލެއް ކަމަށް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ. ރައީސުލް ޖުމްހޫރިއްޔާގެ މެނިފެސްޓޯގެ އިތުރުން އެމަނިކުފާނުގެ ސިއްހީ ސިޔާސަތުގެ އެޖެންޑާގެ ވަރަށް ކުރީގައި އޮތް ކަމެއް ކަމަށް ވެސް މިނިސްޓަރ ވަނީ ފާހަގަ ކުރައްވާފައެވެ.

މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ ދިވެހި ބޭސްވެރިކަމަކީ ޒަމާންތަކެއް ވަންދެން ދިވެހިންގެ ތޭރޭގައި އޮތް އިލްމެއް ކަމަށާއި ޑަބްލިއުއެޗްއޯގެ މިނގަނޑުތަކަށް ބަލާލިޔަސް އަދި ދުނިޔޭގެ އެކި ކަންކޮޅުތަކަށް ބަލާލިޔަސް އަމިއްލަ ނުވަތި ހަކީމީ ބޭސްވެރިކަމަކީ ވަރަށް މުހިންމެ ކަމެއް ދޭ ކަމެއް ކަމަށެވެ. މިނިސްޓަރު ވިދާޅުވީ ދިވެހި ބޭސްވެރިކަމަކީ ކުރީގެ ސަރުކާރުތަކުން އެހާ ބޮޑު އިސްކަމެއް ދެވިފައިވާ ކަމަކަށް ނުވާތީ ތަސައްވުރެއް ނެތް ކަމަށާއި ތަސައްވުރެއް އެކުލަވާލުމުގެ މަސަތްކަތް މަހާސިންތާ ބޭއްވުމަށް ފަހު ފައްޓާވަފައިވާ ކަމަށެވެ. މަހާސިންތާގއި ދިވެހި ބޭސްވެރިކަމާ ބޭހޭ ފޮތްތަކާއި ލިޔެކިޔުންތައް އެއްތަނަކަށް ގެނެސް، ހުރި މިންވަރެއް ދެނެގަންނަން ޖެހޭ ކަމަށާއި މަހާސިންތާއަށް އާދިއްތަ ދުވަހު 100 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ފޮތްތައް ގެނެސްފައިވާ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

ދިވެހި ބޭސްވެރިކަމަށް ޒަމާނީ މިންގަނޑުތައް ގެނެސް ރާއްޖޭގައި ފުޅާ ކުރުމަކީ ސަރުކާރުގެ ވަރަށް ބޮޑު ސިޔާސަތެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް