ކ. މާލެ
|
31 ޑިސެންބަރ 2018 | ހޯމަ 10:11
ޝެއިޚް ހަސީނާ
ޝެއިޚް ހަސީނާ
އަލްޖަޒީރާ
ބަންގަލަދޭޝްގެ އިންތިޚާބު
ބޮޑު ތަފާތަކުން ޝައިޚް ހަސީނާ އިންތިޚާބު ކާމިޔާބުކުރައްވައިފި
އިދިކޮޅު ޕާޓީތަކުން ނަތީޖާ ގަބޫލެއް ނުކުރޭ

އާދީއްތަ ދުވަހު ބަންގްލަދޭޝްގައި ބޭއްވި އާންމު އިންތިޚާބު ބޮޑު ތަފާތަކުން، ބޮޑުވަޒީރު ޝައިޚް ހަސީނާގެ އިއްތިހާދުން ކާމިޔާބުކޮށްފި އެވެ.  

ހަސީނާގެ ޕާޓީ އަވާމީ ލީގް އިސްވެ އޮވެ އުފައްދާފައިވާ އިއްތިހާދުނު އިއްތިހާދުން 288 ގޮނޑި ހޯދާފައިވާއިރު، ކުރީގެ ރައީސް ހުސައިން މުހައްމަދު އިރުޝާދުގެ އިއްތިހާދަށް ލިބިފައިވަނީ އެންމެ 20 ގޮނޑިއެވެ. ބައެއް ދާއިރާތަކުގެ ނަތީޖާ އަދި އިއުލާނެއް ނުކުރެ އެވެ. މިއީ އުމުރުފުޅުން 71 އަހަރު ޝައިޚް ހަސީނާ، ވިދިވިދިގެން އިންތިޚާބު ކާމިޔާބުކުރައްވާ ތިން ވަނަ ފަހަރެވެ.

ބަންގްލަދޭޝްގެ ގާނޫނު ހަދާ މަޖިލީހުގައި އަންހެނުންނަށް ހާއްސަކޮށްފައިވާ 50 ގޮނޑިއާއެކު ޖުމުލަ 350 ކޮނޑި ހިމެނެ އެވެ.

އިންތިޚާބުގެ ކުރިންނާނާއި ވޯޓް ލަމުން ދިޔައިރު ވެސް ހަމަނުޖެހުންތައް ހިނގާފައިވާއިރު، އިންތިޚާބުގެ ވޯޓްލުން ކުރިއަށް ދިޔައިރު ސަތާކައެއްހާ ކެނޑިޑޭޓުން ވަނީ ނަން އަނބުރައި ނަގައިފަ އެވެ.

އާދީއްތަ ދުވަހު ބަންގަލަދޭޝްގައި ވޯޓްލުން ކުރިޔަަށް ދިޔައިރު ގިނަ ބަޔަކު ކިޔޫގައި - ފޮޓޯ: ބީބީސީ 

މި އިންތިޚާބު އޮޅުވާލާފައިވާ ތުހްމަތުކޮށް އިދިކޮޅު ފަރާތްތަކުން ބުނެފައިވަނީ އިންތިޚާބުގެ ނަތީޖާ ގަބޫލު ނުކުރާ ކަމަށެވެ.

އިދިކޮޅު ލީޑަރަކަށް މިހާރު ހުންނެވި، ކުރިގެ ރައީސް ހުސައިން މުހައްމަދު އިރުޝާދު ގޮވާލައްވާފައި ވަނީ އާ އިންތިޚާބެއް ބޭއްވުމަށެވެ. އިންތިޚާބުގެ ބޭއްވުމުގެ ކުރިން ގިނަ ބަޔަކު މަރާލާފައިވާ ކަމަށާއި އިދިކޮޅު ޕާޓީތަކުގެ މެމްބަރުން ޖަލަށް ލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންވެ، އާ އިންތިޚާބެއް ބާއްވަން ވާނީ ވަކި ފަރާތަކަށް ނުޖެހޭ ބައެއްގެ ބެލުމުގެ ދަށުން ކަމަށް ވެސް އޭނާ ވަނީ ގޮވާލައްވައިފަ އެވެ.

"އަޅުގަނޑުމެން އިލެކްޝަން ކޮމިޝަނަށް ގޮވާލަން، މިއީ ބާތިލް އިންތިޚާބެއްގެ ގޮތުގައި ކަނޑައަޅައި، އާ އިންތިޚާބެއް ބޭއްވުމަށް،" އޭނާ ވިދާޅުވި އެވެ.

ބޮޑުވަޒީރު ހަސީނާގެ އެންމެ ބޮޑު ވާދަވެރިޔާ ކުރީގެ ބޮޑުވަޒީރު ޚާލިދާ ޒިއާ ޖަލަށް ލާފައި ހުރުމުން އެ ކަމަނާއަށް އިންތިޚާބުގައި ވާދައެއް ނުކުރެވުނެވެ. ޚާލިދާ ޖަލަށް ލާފައި ހުރުމުގެ ސަބަބުން އިދިކޮޅު ޕާޓީތައް އިއްތިހާދުވީ އުމުރުފުޅުން 82 އަހަރުގެ ކުރީގެ ރައީސް އިރުޝާދުގެ ޕާޓީއާއެކު އެވެ.

- ކޮމެންޓް