ރ. މުރަވަންދޫ އިން ކުނި ހިފައިގެން ކ. ތިލަފުއްޓަށް ދަތުރުކުރަމުން ދަނިކޮށް، ދިޔަވާން ފެށި ދޯނި އެމްއެންޑީއެފްގެ މާލެ އޭރިއާ ކޯސްޓްގާޑުގެ އެހީތެރިކަމާއެކު ތިލަފުއްޓަށް ގެނެސްފި އެވެ.
"ދުވެލި" ނަމަކަށް ކިޔާ އެ ދޯންޏަށް ދިޔަވާން ފެށިކަން ކޯސްޓްގާޑަށް އެންގުމުން، ކޯޓްގާޑުން އެ ސަރަހައްދަށް ގޮސް ދޯންޏަށް ދިޔައީ އެހީތަރިކަން ފޯރުކޮށްދެމުންނެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިސަރު އިބްރާހިމް އާޒިމް ވިދާޅުވި ގޮތުގައި އާދީއްތަ ދުވަހުގެ ރޭ 10:24 ހާއިރު ކ. އަކިރިފުށީގެ ހުޅަނގުއިރުން 17 ނޯޓިކަލް މޭލު ދުރުގައި އެ ދޯނި ހުއްޓައި ދިޔަވާން ފެށި ދުވެލި ދޯނި މަޑުމަޑުން ދުއްވާފައި ތިލަފުއްޓަށް ގެނެވުނީ ރޭ ފަތިހު ކަމަށެވެ.
އެމްއެންޑީއެފް ބުނި ގޮތުގައި ދޯންޏަށް ދިޔަވާން ފެށީ ސާފްޓް ޓިއުބްގެ ބޯލްޓެއް ނެއްޓިގެންނެވެ. އެ ދޯނީގައި ދިވެއްސަކާއި ބިދޭސީ ތިން މީހުން ތިއްބެވެ.