ކ. މާލެ
|
31 ޑިސެންބަރ 2018 | ހޯމަ 00:08
2018 ޑިސެމްބަރ 30 ވަނަ ދުވަހު ބޭއްވި ބަންގްލަދޭޝްގެ އާއްމު އިންތިޚާބުގައި ވޯޓްލާ މަރުކަޒެއްގެ ކިއުގައި
2018 ޑިސެމްބަރ 30 ވަނަ ދުވަހު ބޭއްވި ބަންގްލަދޭޝްގެ އާއްމު އިންތިޚާބުގައި ވޯޓްލާ މަރުކަޒެއްގެ ކިއުގައި
އަލްޖަޒީރާ
ބަންގްލަދޭޝްގެ އާއްމު އިންތިޚާބު
ބަންގްލަދޭޝްގެ އާއްމު އިންތިޚާބު: ފޮށިތައް ބަންދުކޮށް ވޯޓް ގުނަން ފަަށައިފި
ހަމަނުޖެހުންތަކުގައި މަދުވެގެން 10 މީހުން މަރުވެފައިވާކަމަށްވަނީ ރިޕޯޓްތައް ބުނޭ

ބަންގްލަދޭޝްގައި އާދީއްތަ ދުވަހު ކުރިޔަށް ގެންދިޔަ އާއްމު އިންތިޚާބުގެ ވޯޓްލުން ނިންމައި ފޮށިތައް ބަންދުކޮށްފިއެވެ.

ހަމަނުޖެހުން ބޮޑު މި އިންތިޚާބުގެ ވޯޓްލުން ކުރިޔަށް ގެންގޮސްފައިވަނީ ބަނގްލަދޭޝްގެ ގަޑިން ހެނދުނު 8:00 ހަވީރު 4:00 ށް ށެވެ.

ވެރިކަންކުރާ ޕާޓީއަށް ތާއީދުކުރާ ފަރާތްތަކާ އިދިކޮޅު ފަރާތްތަކާ ދެމެދު ހިނގި ހަމަނުޖެހުންތަކުގައި މަދުވެގެން 10 މީހުން މަރުވެފައިވާކަމަށްވަނީ ރިޕޯޓްކޮށްފައެވެ.

ޖަޓިޔާ ސަންގްސާދުގެ ނަން ދީފައިވާ އެ ގައުމުގެ ގާނޫނުހަދާ މަޖިލީހަށް މި އިންތިޚާބުގައި 299 މަންދޫބުން އިންތިޚާބުކުރެއެވެ.

އެއް ދާއިރާއެއްގައި ވޯޓް ނެގުން ކުރިޔަށް ނުގެންދަނީ އެ ދާއިރާއަށް ކުރިމަތިލީ ކެނޑިޑޭޓަކު މަރާލާފައިވާތީއެވެ.

ބަންގްލަދޭޝްގެ ގާނޫނު ހަދާ މަޖިލީހުގައި ޖުމްލަ ހިމެނެނީ 350 ގޮނޑި ނަމަވެސް 50 ގޮނޑިއަކީ އަންހެނުންނަށް ޚާއްސަކޮށް ކަނޑައެޅިފައިވާ ގޮނޑިތަކެކެވެ.

ވެރިކަން ކުރާ އަވާމީ ލީގް (އޭއެލް) ޕާޓީގެ އިއްތިހާދު، ގްރޭންޑް އެލަޔަންސް އާއި އިދިކޮޅު ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީއެންޕީ)ގެ އިދިކޮޅު އިއްތިހާދުން ޖުމްލަ 1841 ކެނޑިޑޭޓުން އިންތިޚާބުގައި ވާދަކުރެއެވެ.

ހަމަނުޖެހުން ހިންގަފާނެކަމުގެ ބިރު ހީވެފައިވާއިރު ސަލާމަތީ ކަންކަމަށް އަސްކަރިއްޔާ ހިމެނޭ ގޮތުން 600،000 އެއްހާ އޮފިޝަލުން ނެރެފައި ވެއެވެ.

ޖުމްލަ 40،000 އަށް ވުރެ ގިނަ ވޯޓްލާ މަރުކަޒުގައި ވޯޓުލުން ކުރިޔަށް ގެންދިޔައިރު މި އިންތިޚާބުގައި ވޯޓްލުމަށް 104 މިލިއަނަށް ވުރެ ގިނަ މީހުން ރަޖިސްޓްރީކޮށްފައި ވެއެވެ.

ޖެހިޖެހިގެން ތިންވަނަ ދައުރަކަށް ކުރިމަތިލައްވާފައިވާ މިހާރުގެ ބޮޑުވަޒީރު ޝެއިޚް ހަސީނާ ވަނީ ވެރިރަށް ޑާކާގައި ހެނދުނު ވޯޓް ލައްވާފައެވެ.

 

- ކޮމެންޓް