Advertisement
ކ. މާލެ
|
30 ޑިސެންބަރ 2018 | އާދީއްތަ 15:30
ބަންޑުން ޖަހާލި ދޯނި
ބަންޑުން ޖަހާލި ދޯނި
މުހައްމަދު ޝަރުހާން
ކަނޑުމަތީގެ ހާދިސާ
ގާފަރު ކައިރިއަށް ދޯންޏެއް ބަންޑުން ޖަހާލައިފި
މިހާދިސާ ހިނގިއިރު ދޯނީގައި ތިބީ 5 މީހުން

މާލެއިން ގަސްކާނާ ހިފައިގެން ކ. ކާށިދޫއަށް ދަތުރުކުރި "ގެޓާނޯ 2" ނަމަކަށް ކިޔާ ދޯނި ބަނޑުން ޖަހާލައިފިއެވެ.

އެމްއެންޑީއެފުން ބުނީ މި ދޯނި ކ. ގާފަރު ކައިރިއަށް ބަނޑުން ޖަހާލައިގެން އުޅޭ ކަމުގެ މައުލޫމާތު އެމްއެންޑީއެފަށް ލިބިފައި ވަނީ އާދިއްތަ ދުވަހު ގެ މެންދުރު 14:33 ހާއިރު ކަމަށެވެ.

 މި ހާދިސާ ހިނގިއިރު ދޯނީގައި ފަސް މީހުން ތިބި ކަމަށާއި އޭގެ ތެރޭގައި ހަތަރު ބިދޭސީންނާއި ދިވެއްސެއް ހިމެނޭ ކަމަށެވެ.

ދޯނީގައި ތިބި މީހުން މިހާރު ތިބީ ފަރުމަތީގައި ކަމަށާއި ގާފަރު ކައުންސިލުން އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ. އެ މީހުންނަށް ގެއްލުމެއް ލިބުނު ކަމުގެ މައުލޫމާތު ލިބިފައި ނުވާ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ

 މި ދޯންޏަކީ 85 ފޫޓްގެ ދޯންޏެއް ކަމަށް އެންއެމްޑީއެފުން މައުލޫމާތު ދެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް