Advertisement
ކ. މާލެ
|
30 ޑިސެންބަރ 2018 | އާދީއްތަ 16:29
އެއާޕޯޓްގައި ތަރައްގީކުރުމުން އަންނަ ފިއުލް ޓޭންކެއް
އެއާޕޯޓްގައި ތަރައްގީކުރުމުން އަންނަ ފިއުލް ޓޭންކެއް
ރާއްޖެއެމްވީ
އެމްއޭސީއެލް
އެމްއޭސީއެލް އިން ޖެޓް ފިއުލް އަގު ހެޔޮކޮށްފި
ޖެޓް ފިއުލްގެ އަގު ހެޔޮކުރުމުން އެއާޕޯޓަށް އޮޕަރޭޓްކުރާ އެއާލައިންތަކަށް އެކަމުގެ ފައިދާކުރާނެ
ޖެޓް ފިއުލް އަގުހެޔޮވާނީ އަންނަ ޖެނުއަރީމަހުން ފެށިގެން

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން ވިއްކާ ޖެޓް ފިއުލްގެ އަގު ހެޔޮކޮށްފިއެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނީ އަންނަ އަހަރުގެ ޖެނުއަރީމަހުގެ 1 ވަނަ ދުވަހުން ފެށިގެން ބޭރުގެ އުދުހުންތަކާއި އަދި އެތެރޭގެ އުދުހުންތަކުގައި ބޭނުންކުރާ މަތިންދާބޯޓުތަކަށް އަޅާ ޖެޓް ފިއުލްގެ އަގު ހެޔޮވާނެ ކަމަށެވެ.

އެގޮތުން ބޭރުގެ ބޯޓުތަކުން ޖެޓް ފިއުލް ލިޓަރެއް ލިބޭނީ 0.91113 ޑޮލަރު (14 ރުފިޔާ) އަށެވެ. މިއީ 6.91 ޕަސެންޓްގެ ކުޑަވުމެކެވެ. އަދި އެތެރޭގެ އުދުހުންތަކުގައި ބޭނުންކުރާ ބޯޓްތަކުގެ ޖެޓް ފިއުލް ލިޓަރެއްގެ އަގަކީ 0.92033 ޑޮލަރު (14.1 ރުފިޔާ) އަށެވެ. މިއީ 7.50 ޕަސެންޓްގެ ކުޑަވުމެކެވެ.

ޖެޓް ފިއުލްގެ އަގު ހެޔޮކުރުމުން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް އޮޕަރޭޓްކުރާ އެއާލައިންތަކަށް އެކަމުގެ ފައިދާކުރާނެ ކަމަށް އުންމީދުކުރާ ކަމަށް އެމްއޭސީއެލް އިން ބުންޏެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް