Advertisement
ކ. މާލެ
|
30 ޑިސެންބަރ 2018 | އާދީއްތަ 14:59
ގެސްޓް ހައުސް މަހާސިންތާ
ގެސްޓް ހައުސް މަހާސިންތާ
މުހައްމަދު ޝަރުހާން
ގެސްޓް ހައުސް މަހާސިންތާ
ޖެނުއަރީ މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ގެސްޓް ހައުސްތަކާ ގުޅޭ ޝަކުވާ ހުށަހެޅުމަށް ފުރުސަތު ހުޅުވާލައިފި
މައްސަލަތަކަށް ހައްލެއް ގެނައުމަށް ޝަކުވާތައް އިކޮނޮމިކް ކައުންސިލަށް ފޮނުވާނެ

އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ގެސްޓް ހައުސްތަކާ ބެހޭ ޝަކުވާ ހުށަހެޅުމަށް ފުރުސަތު ހުޅުވާލެވިފައިވާ ކަމަށް ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ގެސްޓް ހައުސް މަހާސިންތާގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުމުގެ ބޭނުމަކީ މަހާސިންތާގައި ބައިވެރިނުވާ ފަރާތްތަކަށް ޝަކުވާ ހުށަހެޅޭނެ ގޮތް ހޯދައިދިނުން ކަމަށެވެ. 400 އާ ގާތްކުރާ އަދަދަކަށް ގެސްޓް ހައުސް ވިޔަފާރިކުރާ ފަރާތްތަކުނާއި ކައުންސިލްތަކުން ވަނީ މަހާސިންތާގައި ބައިވެރިވެ ދިމަވާ ދަތިތައް ހިއްސާކޮށްފައެވެ.

މިނިސްޓަރު އަލީ ވަހީދު ވިދާޅުވި ގޮތުގައި މި މަހާސިންތާގައި މަޝްވަރާކުރެވޭ ކަންކަން ޓޫރިޒަމްގެ ފަސް ވަނަ މާސްޓަރ ޕްލޭންގައި ހިމަނާނެ ކަމަށާއި މައްސަލަތަކަށް ހައްލެއް ގެނައުމަށް ޝަކުވާތައް އިކޮނޮމިކް ކައުންސިލަށް ފޮނުވާނެ ކަމަށެވެ. ރާއްޖެއެމްވީން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ ގެސްޓް ހައުސް ރެގިއުލޭޓް ކުރުމުގެ މަސަތްކަތް ޖެނުއަރީ މަހުން ފެށިގެން ކުރިޔަށްގެންދާނެ ކަމަށާއި ސާފްތާހިރުކަން ކުޑަ ތަންތަނާ ދޭތެރޭގައި އަމަލުކުރަންވީ ގޮތް ނިންމާނީ މިކަމާ ގުޅޭ ރެގިއުލޭޝަންސް ނިންމުމަށް ފަހުގައި ކަމަށެވެ.

ސަރުކާރުގެ 100 ދުވަހުގެ ޕްލޭނުގައި ޓޫރިޒަމް މިނިސްޓްރީން ފުއްދަންޖެހޭ ވައުދުގެ ތެރެއިން ދެ ވައުދެއް ވަނީ ފުއްދާފައެވެ. އެ ދެ ވައުދަކީ ގެސްޓް ހައުސް މަހާސިންތާ ބޭއްވުމާއި ޓޫރިޒަމް އިޝްތިހާރުކުރުމުގެ ބަޖެޓް ތިން ގުނަކުރުމެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް