Advertisement
ކ. މާލެ
|
30 ޑިސެންބަރ 2018 | އާދީއްތަ 13:43
އީސީން މިހާރު ބޭނުންކުރަމުން އަންނަ ފެހި ކުލައިގެ ލޯގޯ
އީސީން މިހާރު ބޭނުންކުރަމުން އަންނަ ފެހި ކުލައިގެ ލޯގޯ
މުހައްމަދު ޝަރުހާން
އިލެކްޝަންސް ކަމިޝަން
ޖެނުއަރީ މަހުގެ ތެރޭގައި އީސީގެ ލޯގޯ އާއި ކުލަ ބަދަލުކުރަނީ
އީސީގެ ކުލައަކީ ފެހި ކުލަ

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ލޯގޯ އާއި ކުލަ ބަދަލު ކުރަން މަޝްވވަރާ ކުރަން ހަމަޖެހިފައިވާ ކަމަށް އެ ކަމިޝަނުން ބުނެފިއެވެ.

އީސީގެ ތަރުޖަމާނު އަހުމަދު އަކްރަމް ވިދާޅުވީ އަންނަ ޖެނުއަރީ މަހުގެ ތެރޭގައި އެކަމާ ގުޅޭ ގޮތުން ކޮމިޝަނުގެ މެމްބަރުންނާ އެކު މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.

"ލޯގޯ އަދި ކުލަ ބަދަލު ކުރުމަށް އީސީން އަންނަ ޖެނުއަރީމަހުގެ ތެރޭގައި މަޝްވަރާ ކުރާނެ،" އަކްރަމް ވިދާޅުވިއެވެ.

އަކްރަމް ވިދާޅުވީ މީގެ ދެ އަހަރު ކުރިން ވެސް އެ ކޮމިޝަނުން ލޯގޯ ބަދަލުކުރުމަށް މަޝްވަރާ ކުރެއްވި ކަމަށެވެ. އެހެން ނަމަވެސް އެކަން ނުވެ އޮތީ އެ ކޮމިޝަންގެ މަސައްކަތްތައް ހުރި ގޮތުން އެކަމަށް ވަގުތު ނެތުމުން ކަމަށް ވިދާޅުވިއެވެ.

އަކްރަމްގެ ޓްވިޓާގައި ވެސް ވަނީ ލޯގޯ ބަދަލުކުރަން ފެނޭތޯ ސުވާލު ކުރައްވާ އާންމުންގެ ކޮމެންޓަށް ހުޅުވާލާފައެވެ. އަދި ލޯގޯއަށް އިތުރު ފުރިހަމަ ކަމެއް ގެންނަން ޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށް ވިދާޅުވިއެވެ.

އީސީން މިހާރު ބޭނުންކުރާ ކުލައަކީ ފެހި ކުލައެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
30 ޑިސެންބަރ 2018 | އާދީއްތަ 09:44
vatabarani
thi logo elections akah kamakunudhey