Advertisement
ކ. މާލެ
|
30 ޑިސެންބަރ 2018 | އާދީއްތަ 13:49
ސްޓެލްކޯގައި ބޭއްވި ބައްދަލުވުމުގެ ތެރެއިން
ސްޓެލްކޯގައި ބޭއްވި ބައްދަލުވުމުގެ ތެރެއިން
މުހައްމަދު ޝަރުހާން
ފަޔަރ އެންޑް ރެސްކިއު
އަލިފާނުގެ ހާދިސާ މަދުކުރުމަށް ކުރެވޭނެ ކަންތައްތަކާ ބެހޭ ގޮތުން މަޝްވަރާކޮށްފި
ރައްޔިތުން ހޭލުންތެރި ކުރުމުގެ ޕްރޮގުރާމް ބޭއްވުމަށް ވަނީ ނިންމައިފައި

ކަރަންޓުގެ ސަބަބުން ދިމަވާ އަލިފާނުގެ ހާދިސާތައް މަދުކުރުމަށް ކުރެވިދާނެ ކަންތައްތަކާ ބެހޭ ގޮތުން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސާރވިސަސް އާއި ސްޓެލްކޯ އިން އާދިއްތަ ދުވަހު ބައްދަލުވުމެއް ބާއްވައިފިއެވެ .

އެމްއެންޑީއެފް އިން ކޮށްފައިވާ ޓްވީޓެއްގައި ވަނީ ސްޓެލްކޯގައި ކުރިޔަށް ދިޔަ ބައްދަލުވުމުގައި މިފަދަ ހާދިސާތައް މަދުކުރުމަށް ކުރިވިދާނެ ކަންތައް ދެނެގަތުމަށް މަޝްވަރާ ކޮށްފައިވާ ކަމަށެވެ. ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން އެމްއެންޑީއެފްގެ މީޑީއާ އޮފިޝަލް ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ ކަރަންޓުގެ ސަބަބުން ދިމާވާ އަލިފާނުގެ ހާދިސާ މަދުކުރުމަށް ރައްޔިތުން ހޭލުންތެރިކުރުމަށް މަޝްވަރާކުރިވިފައިވާ ކަމަށާއި ކުރިޔަށް އޮތް ތަނުގައި އިތުރު ވުޒާރާތަކާ ބައްދަލުކޮށް ރައްޔިތުން ހޭލުންތެރިކުރުމުގެ ޕްރޮގުރާމްތައް ހިންގުމަށް ނިންމާފައިވާ ކަމަށެވެ.

ސްޓެލްކޯގައި ބޭއްވި މި ބައްދަލުވުމުގައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސާރވިސެސްގެ ކޮމާންޑަރާއި އިސްބޭފުޅުން ވަނީ ބައިވެރިވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
30 ޑިސެންބަރ 2018 | އާދީއްތަ 14:28
އެލާމް ހަރުކުރުން
ފަޔަރ އެލާމް ހަރުކުރުން ނޫންގޮތެެއް ނޯންނާނެ