Advertisement
ކ. މާލެ
|
30 ޑިސެންބަރ 2018 | އާދީއްތަ 00:59
މިރޭ ހިނގި މިހާދިސާ ގައި ފަސް މީހަކަށް ވަނީ އަނިޔާވެފައި
މިރޭ ހިނގި މިހާދިސާ ގައި ފަސް މީހަކަށް ވަނީ އަނިޔާވެފައި
މުހައްމަދު ޝަރުހާން
ކަނޑު މަތީގެ ހާދިސާ
ފެރިއަކާ މަސްދޯންޏަކާއި ޖެހި ހިނގި އެކްސިޑެންޓްގައި ފަސް މީހަކަށް އަނިޔާ ވެއްޖެ
އަނިޔާވެފައި ވަނީ ފަސް ދިވެހިންނަށް

ގދ. ހައުޑިގަލާ ކައިރީގައި, ރިސޯޓެއްގެ ފެރީއަކާއި މަސްދޯންޏަކާއި ޖެހި ހިނގި އެކްސިޑެންޓުގައި ފަސް މީހަކަށް އަނިޔާވެއްޖެއެވެ. ހާދިސާގައި އަނިޔާވެފައި ވަނީ ފަސް ދިވެހިންނަށެވެ. 

މި ހާދިސާގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާނީ މިރޭ 23:15 ހާއިރު ކަމަށް ފުލުހުން ބުނެއެވެ. 

އަނިޔާވީ ފަސް މީހުންނަށް ގދ. ތިނަދޫގައި ހުންނަ އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލް ގައި ދަނީ ފަރުވާ ދެމުންނެވެ. މި ހާދިސާ ގައި އަނިޔާ ލިބުނު މީހުންނަށް ލިބުނީ ކިހާވަރެއްގެ އަނިޔާ އެއްކަމެއް އަދި އެނގިފައިއެއް ނުވެއެވެ.

މި ހާދިސާގައި ހިނގި ސަރަހައްދުގައި ފުލުހުން މިހާރު ހަރަކާތްތެރިވަމުންދާ ކަމަށާއި އެ މައްސަލަ ތަހްގީގް ކުރަމުންދާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ. އަދި އިތުރު މައުލޫމާތު ލިބޭ ވަރަކުން ދެމުންދާނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް