ކ. މާލެ
|
29 ޑިސެންބަރ 2018 | ހޮނިހިރު 23:15
ފޮރިން އެފެއާޒްގެ އިމާރާތް މަރާމާތުކުރުމާ ގުޅޭ ގޮތުން ދިވެހި ސަރުކާރާއި ޗައިނާ ސަރުކާރުން ލެޓަރސް އޮފް އެކްސްޗޭންޖުގައި ސޮއިކުރަނީ
ފޮރިން އެފެއާޒްގެ އިމާރާތް މަރާމާތުކުރުމާ ގުޅޭ ގޮތުން ދިވެހި ސަރުކާރާއި ޗައިނާ ސަރުކާރުން ލެޓަރސް އޮފް އެކްސްޗޭންޖުގައި ސޮއިކުރަނީ
ފޮރިން މިނިސްޓްރީ
ޗައިނާ-ރާއްޖެ
ޗައިނާއިން ރާއްޖޭގެ ފޮރިން މިނިސްޓްރީގެ އިމާރާތް މަރާމާތުކޮށް ދެނީ
ފޮރިން މިނިސްޓްރީގެ އިމާރާތަކީ ރައީސް މައުމޫންގެ ވެރިކަމުގައި ޗައިނާގެ އެހީގައި އަޅާފައިވާ އިމާރާތެއް

މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އިމާރާތް މަރާމާތުކުރުމާ ގުޅޭ ގޮތުން ދިވެހި ސަރުކާރާއި ޗައިނާ ސަރުކާރުން ލެޓަރސް އޮފް އެކްސްޗޭންޖުގައި ހޮނިހިރުދުވަހު ސޮއިކޮށްފިއެވެ.

މި ލެޓަރސް އޮފް އެކްސްޗޭންޖުގައި ދިވެހިރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯ ފޮރިން އެފެއާޒް އަޙުމަދު ޚަލީލެވެ. ޗައިނާ ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ދިވެހިރާއްޖެއަށް ޗައިނާއިން ކަނޑައަޅުއްވާފައިހުންނަވާ ސަފީރު، އެކްސެލަންސީ މރ. ޖަންގް ލިޖޮންގްއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން، މިނިސްޓަރ އޮފް ސްޓޭޓް ފޯރ ފޮރިން އެފެއާޒް އަޙުމަދު ޚަލީލު ވަނީ، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އިމާރާތަކީ ދިވެހިރާއްޖެއާ ޗައިނާއާ ދެމެދު އޮތް ގާތް ގުޅުން ދައްކުވައިދޭނެ ރަމްޒެއްކަމުގައި ވިދާޅުވެފައެވެ. 

މި އެއްބަސްވުމުގެ ދަށުން، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްއަށް މިހާރު ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަމަށް ޙައްލެއް ހޯދުމަށް ހަމަޖެހިފައިވެއެވެ. މި މަސައްކަތް ނިމުމުން، މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން ދިވެހިންނަށް ދެމުންގެންދާ ޚިދުމަތްތައް އިތުރަށް ހަރުދަނާވެގެންދާނެކަމަށް ފޮރިން މިނިސްޓްރީންވަނީ ބުނެފައެވެ.

ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އާއި ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް