Advertisement
ކ. މާލެ
|
29 ޑިސެންބަރ 2018 | ހޮނިހިރު 19:30
ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު
ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު
މުހައްމަދު ޝަރުހާން
ގެސްޓް ހައުސް މަހާސިންތާ
ސަރުކާރު އައީ ނަމެއްގައި ވައުދު ފުއްދާކަށް ނޫން: މިނިސްޓަރު އަލީ ވަހީދު
ޕްލޭން އެކުލަވާލާނީ ސިނާއަތުގެ ހުރިހާ ބޭފުޅުންގެ ބައިވެރިވުމާއެކު

ސަރުކާރުގެ މަގްސަދަކީ ހަމައެކަނި ވައުދު ފުއްދުން ނޫން ކަމަށާއި ގެސްޓް ހައުސް މަހާސިންތާގައި ބައިވެރިވި ފަރާތްތަކައް ދިމާވާ މައްސަލަތައް ބަލައި އެކަންކަމަށް ސަރުކާރުން ހައްލު ހޯދާނެ ކަމަށް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ދަރުބާރުގޭގައި ކުރިއަށްދިޔަ ގެސްޓް ހައުސް މަހާސިންތާގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އަލީ ވިދާޅުވީ، އަމިއްލައަށް އެއްވެސް ކަމެއް ހައްލެއް ނުވާނެ ކަމަށާއި އެންމެން ގުޅިގެން ނޫނީ މައްސަލަތައް ހައްލު ނުކުރެވޭނެކަމަށެވެ. މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ ޓުއަރިޒަމް ދާއިރާއާ ގުޅޭ ސްޓްރެޓެޖިކް މާސްޓަ ޕްލޭންގެ މަސައްކަތް ސަރުކާރުގެ 100 ދުވަސް ނިމުމުގެ ކުރިން ފަށާނެ ކަމަށާއި މާސްޓަރ ޕްލޭން އެކުލަވާލާނީ ޓުއަރިޒަމް ސިނާއަތުގެ ހުރިހާ ބޭފުޅުންގެ ބައިވެރިވުމާއެކުގައި ކަމަށެވެ. މިއަދުގެ ފޯރަމްގައި 400 އަށް ވުރެ ގިނަ ފަރާތްތައް ބައިވަރެވިކަން ފާހަގަކޮށް މިނިސްޓާރ ވަނީ ޕީކް ދުވަސްވަރު މަހާސިންތާއަށް ވަޑައިގެންނެވީތީ ހުރިހާ ފަރާތަތަކަށްވެސް ޝުކުރު ދަންންނަވާފައެވެ.

މިންސްޓަރ އިތުރަށް ވިދާޅުވީ ލާމަރުކަޒީ ގާނޫނު އިސްލާހުތަކެއް ގެންނަންޖެހޭ ކަމަށާއި އެ މަސްތަކަތް ސަރުކާރުން މިހާރުވެސް ކުރަމުން ދާކަމަށް ވިދާޅުވެފައެވެ. މަހާސިންތާގައި ވަނީ ގެސްޓްހައުސް ވިޔަފާރިވެރިންނަށް ދިމާވާ ދަތިތައް ހިއްސާކޮށްފައެވެ. އަދި އެކަންތައްތަކަށް މިނިސްޓްރީގެ އެކި ބޭފުޅުން ވަނީ ޖަވާބު ދެއްވާފައެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ 100 ދުވަހުގެ ވައުދުގެ ތެރޭގައި ހިމެނޭ ގެސްޓް ހައުސް މަހާސިންތާ ހޮނިހިރު ދުވަހު ފަށާފައިވާއިރު ނިންމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހާއި ވަޒީރުންނާއި ބޭރުގެ ބައެއް ސަފީރުންގެ އިތުރުން ދައުލަތުގެ އިއްޒަތްތެރިން ބައިވެރިވެވަޑައިގަންނަވާނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް
29 ޑިސެންބަރ 2018 | ހޮނިހިރު 18:02
ކުޑަ މުޙައްމަދު
Sarukaarun namehgai kaeh kurumah fahu thifadha surukhee eh dhineema e bunanee rayithun eccheh boashey.